މިއަދު މަޖިލީހުގެ ބޮޑު މަޖޯރިޓީއެއް އޮވެ ރައްޔިތުން ބިކަކޮށް ފާސްކުރާ ދަރަނި ބަޖެޓަކީ ދިވެހި ރައްޔިތުންގެ ކުޑަވެސް ތާއީދެއް އޮތް ބަޖެއްޓެއް ނޫންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިއަހަރު ފާސްކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ މިބަޖެޓުގެ %50 އަކީ ދަރަނި ކަމަށެވެ. އާމްދަނީ ހޯދާނެ ގޮތެއް ބަޖެޓްގެ ދަރަނި ފޫބެއްދޭނެ އެެއްވެސް ގޮތެއް ނެތި ވިސްނުން ހުރީ ރައްޔިތުންގެ ބިމާއި މިލްކިއްޔާތު ވިއްކައިގެން އާމްދަނީ ހޯދުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ނިކަމެތިކަން ގެނެސް، ބިކަ ކުރުމަށް ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ ތާއީދެއްނެތި ފާސްކުރާ ދަރަނި ބަޖެޓެއް ކަމުގައި ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
34 billion Rf ge budget ge 50% akee dharani. Aamdhanee hoadhan visnaafa othee rayyithunge bimaa harumudhaa vikkaigen. Majlihugai aaraa baaru otheema faaskurevidhaane. Namaves mi budget ah rayyithun bunanee noonekey.
— Dr Mohamed Muizzu (@MMuizzu) November 10, 2020
2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ބަޖެޓް ހުށަޅަމުން ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަ ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށް އަމީރު ވިދާޅުވިއެވެ.
މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.
ކޮމެންޓު ފޮނުވާ