ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާން 2 މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާން 2 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2022 12:15
0

ވައިގެ މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ އަޙްމަދު ޢަލީ (32އ) އާއި ހަމަ އެ ގައުމުގެ މޮއިމިނާ ޤުލްފާމް (20އ) އެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޓޫރިސްޓް ޕޮލިސް ގުޅިގެން 2022 މާރިޗް 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުންނެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، އެމީހުން ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރި އެ ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިންނެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.