ރޯދަ އާއި ސުވާލު: ދޫ ދަށުގައި ބާއްވާ ބޭސްގުޅައިގެ ސަބަބުން ރޯދަ އަށް އަޘަރު ކުރާނެތަ؟

ރޯދަ އާއި ސުވާލު: ދޫ ދަށުގައި ބާއްވާ ބޭސްގުޅައިގެ ސަބަބުން ރޯދަ އަށް އަޘަރު ކުރާނެތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
03 އޭޕްރިލް 2022 07:38
0

ހިތުގެ ބަލިމީހުން ބޭނުން ކުރާ ބޭސްގުޅައެކެވެ. މިގުޅަ ބާއްވަން ޖެހެނީ ދުލުގެ ދަށުގައެވެ. ދިރުވާކަށް ނުޖެހެއެވެ. ނަމަވެސް ހަށިގަނޑަށް އެގުޅައިގެ އަޘަރު ކުރުވައެވެ. މިފަދަ ބޭސް ގުޅަ އެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

މެޑިކަލް ޑޮކްޓަރުން ބުނާގޮތުގައި ދުލުގެ އަޑި އަކީ ހަށިގަނޑަށް ބޭހުގެ އަޘަރު އެންމެ އަވަހަށް ކުރުވާ ހިސާބެވެ. އެހެންކަމުން ހާޓް އެޓޭކް ޖެހެން ކައިރިވުމުން ދުލުގެ ދަށުގައި ބޭސްގުޅަ ބޭއްވުމުން ވަރަށް ފަސޭހަ ކަމާއި އެކުގައި ހިތުގެ ލޭހޮޅި ތަކުން ލޭ ދަތުރު ކުރަން ފަށައެވެ. އަދި ހާޓް އެޓޭކް ޖެހުމުން މީހާ ސަލާމަތް ކޮށް ދެއެވެ.

މިފަދަ ގުޅަ އަކުން ރޯދަ އެއް ނުގެއްލޭނެއެވެ. ސަބަބަކީ އޭތި ލޮއިލަނީ ހަމައެކަނި އަނގައިގެ ތެރޭގައެވެ. އޭގެ އެއްވެސް މިންވަރެއް ގޮހޮރާއި ހަމައަކަށް ނުދެއެވެ. މިފަދަ ބޭހެއް ބޭނުން ކުރަން ޖެހިއްޖެނަމަވެސް ގޮހޮރާއި ހަމައަށް ނުގޮސްވޭތޯ ބަލަން ޖެހޭނެއެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.