އަތޮޅުތެރޭ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައް ފައްޓަނީ

އަތޮޅުތެރޭ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައް ފައްޓަނީ

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 12:06
0

މިމަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައިއެވެ.

އެޑިކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑު-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭގެ ލަފާގެ މަތިން, މިހިނގާ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައި ވާކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އަލުން ސްކޫލްތައް ވަނީ ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މާލޭގެ ސްކޫލްތައް ހުޅުވައި މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެއް މަސްދުވަހަށްފަހު ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ. ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. ސްކޫލްތައް އަލުން ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.