ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ގދ.ވާދޫ އާއި ދިމާ ބޭރަށް ވެއްޓިއްޖެ

ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ގދ.ވާދޫ އާއި ދިމާ ބޭރަށް ވެއްޓިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 11:50
0

ގޫގަލް "ލޫން ޕްރޮޖެކްޓް" ގެ ބެލޫނެއް ގދ.ވަދޫ އާއި ދިމާ ބޭރަށް އަނެއްކާވެސް ވެއްޓިއްޖެއެވެ.

ގޫގަލް ލޫން ޕްރޮޖެކްޓަކީ، ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު ވެއްޓުނު ބެލޫންވެސް ވެއްޓިފައި ވަނީ، ގދ ވާދޫ އާއި ދިމާއިން ބޭރުން މާކަނޑަށެވެ. އެހެން ކަމުން އެސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުވެސް ގޫގަލް "ލޫން ޕްރޮޖެކްޓް" ބެލޫންއެއް، ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ވަނީ ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.