ރައީސް ނަޝީދަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭނެ: ދިޔާނާ

ރައީސް ނަޝީދަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭނެ: ދިޔާނާ

Author
މުޙައްމަދު ޖިމީ
31 މާރޗް 2022 10:51
0

ރައީސް ނަޝިދަށް އަމާޒުކޮށްދޭ ހަމަލާއަކީ ސިޔާސީ ކަމެއްނޫންކަމަށާއި، އެއީ އަނިޔާކަމށް ވިދާލުވެ ރައީސް ނަޝިދުގެ ސަރުކާރުގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުން ހުންނަ މަގު ބަންދުކުރާ މައްސަލާގައި އާންމުންގެ ބޮޑު ކަންބޮޑުވުމާއި ޝަކުވާތައް ވަނީ ގިނަވެފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ޝަކުވާތައް ހިމެނޭގޮތަށް ބައެއް މީޑިއާތަކުގައި އެވާހަކަ އިއްޔެ ލިޔެފައިވެއެވެ.

މިކަމާއި ގުލިގެން ދިޔާނާ ވިދާޅުވީ އެއީ އިއްތިފާގެއް ނޫންކަމަށެވެ. ދިޔާނާ ވިދާޅުވީ ރައީސް ނަޝިދުގެ ހަށިކޮޅަށް ހަމަލާދީއ ެތައް ތަނެއް ފޫއަޅުވާލިތާ އަދި އަހަރެއް ނުވާކަމަށެވެ. މިއީ ސިޔާސީ ކަމެއް ނޫންކަމށާއި، މީ އަނިޔާކަމަށް ވިދާޅުވެ ދިޔާނާ ވަނީ އަނިޔާ ބަލައި ނުގަނެވޭނެކަމަށް ހާމަކުރައްވާފައެވެ.

ކެނެރީގެ ހުންނަ ގޯޅި މަޖިލިސް އޮންނަ ދުވަސްތަކުގައާއި، ބައެއް ބަންދު ދުވަސްތަކުގައި ރައީސް ނަޝީދު އެ ގެކޮޅުގައި އުޅުއްވާތި ވަރަށް ގިނަ ވަގުތު އޮންނަނީ ބަންދުކޮށްފައެވެ. އެއީ ހަނި އެތައް ގޯޅިއެއް އޮންނަ ސަރަހައްދަކަށްވުމުން، ސްކޫލް ދަރިވަރުން ގޮވައިގެންނާއި އޮފީސްތަކަށް ދާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސ ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައީސް ނަޝިދުގެ ސެކިއުރިޓި ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެ ހަމަލާއާއި ގުޅިގެން ނަޝީދުގެ ގެކޮޅު ހުންނަ ގޯޅިއާއި މަޖީދީ މަގުގެ ބޮޑު ބައެއް ވަނީ ޕާކް ނުކުރެވޭގޮތަށް ހަދާފައެވެ. މިކަން މިހެން އޮތްނަމަވެސް ނަޝީދުގެ ގޭ ހުންނަ ގޯޅިތެރޭގައި ސެކިއުރިޓީ އުޅަނދު ބާއްވާ ގޯޅިތެރެ އޮންނަނީ ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދިޔާނާވެސް ހަމަޖެހޭވާހަކަ ދައްކަބަލަ.