ބޮލިވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރޯހަން ޝްރެސްތާގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޝްރައްދާ ވަނީ ރޯހަން އާއެކު 4 ވަަރަކަށް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އެގުޅުން މީގެ ދުވަސްކޮޅެއް ކުރިން ނިމުކަށް އައިސްފައި ވާކަމަށާއި އެގުޅުން ނިންމުމަކަށް ގެނައީ ޝްރައްދާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.
ދެމީހުންގެ ލޯބީގެ ގުޅުމާމެދު އެދެމީހުން މީގެކުރިން އެއްޗެއް ބުނެފައި ނެތް ނަމަވެސް އެކުގައި ޗުއްޓީތަކަށް ދިއުމާ އާއިލީ ހަފްލާތަކުގައި ވެސް ރޯހަން ދިއައީ ބައިވެރި ވަމުންނެވެ. އަދި ޝްރައްދާގެ އާއިލީ ކުއްޖެއްގެ ކައިވެނި ރާއްޖޭގައި ބާއްވާފައިވާއިރު ރޯހަން ވަނީ ފެނިގެން ގޮސްފައެވެ.
ނަމަވެސް މިއަހަރު ޝްރައްދާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ރޯހަން ފެނިގެން ގޮސްފައެއް ނުވެއެވެ. ގޯއާގައި ޝްރައްދާގެ އާއިލާ އާއި ގާތް ރަހުމަތެރިންނާއެކު ވަނީ ކުލަގަދަކޮށް ޕާޓީ ބާއްވާފައެވެ.
އިންޑިއާގެ ނޫހަކުން މިކަމާއި ބެހޭގޮތުން ސުވާލު ކުރުމުން ރޯހަން ބުނެފައި ވަނީ އެނާގެ ޕާސަން ލައިފްގެ ވާހަކަތަށް ހިއްސާ ކުރަން ބޭނުން ނުވާކަމަށެވެ. ރޯހަން އަކީ ބޮލީވުޑުގެ ގިނަ ފަންނާނުން ތަކެއް ފޮޓޯ ނެގުމުގައި އުޅޭ ހުނަރުވެރި ފޮޓޯގުރާފަރެކެވެ.
ބޮލީވުޑްގެ މަޝްހޫރު ވިލަން އަދި ކޮމޭޑިއަން ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާގެ ތަރި ބޮލިވުޑްގައި ފިޔަ ޖަހަން ފެށީ ފިލްމު "އާޝިގީ 2″ އަށް ލިބުނު ކާމިޔާބީއަށް ފަހުގައެވެ.