ތ.ގުރައިދޫ ލަފާ ފުރުމަށް ހައްލެއް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށް

ތ.ގުރައިދޫ ލަފާ ފުރުމަށް ހައްލެއް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 08:52
0

ތ.ގުރައިދޫއަށް ލަފާ ފުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ބަނދަރު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަޕްޑޭޓެއް އެމްޓީސީސީން ވަނީ ދެއްވާފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %13 މިހާރުވަނީ ނިމިފައއެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ %28 ވަނީ ނިމިފައިވާއިރު، އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ %9 ވަނީ ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

ގުރައިދޫގެ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިއެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުން، ބޮޑު ހިލަ ބޭނުންކޮށްގެން ނެރުފައިކަށި ޖެހުން. 370 މީޓަރުގެ އެއްގަމު ތޮށި ހެދުން. އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން. ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލުން. 18 ބަނދަރު ބައްތި ހަރުކުރުން. ދެ ނެރުބައްތި ހަރުކުރުން. ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓު ހެދުން އަދި ބަނދަރު އަދި ނެރު ފުންކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.