އިނގިރޭސި ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް

ރަޝިއާއިން ޔޫކުރެއިން ފައިބައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަން: އިނގިރޭސިވިލާތް

ރަޝިއާއިން ޔޫކުރެއިން ފައިބައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަން: އިނގިރޭސިވިލާތް

ރަޝިއާގެ ވަކިވަކި ފަރުދުންނަށާއި އަދި ކުންފުނިތަކާ ދެކޮޅަށް އަޅާފައިފާ ދަތިކުރުމުގެ ފިޔަވަޅުތައް، އެގައުމުން ޔޫކުރެއިންއިން ފައިބައިފި ނަމަ ނައްތާލާނެ ކަމުގައި އިނގިރޭސިވިލާތުން ބުނެފިއެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލެވޭނެ ހަމައެކަނި ގޮތަކީ، ރަޝިއާއިން ސުލްހަވެ، ސިފައިން ޔޫކުރެއިންއިން ބާލާ، އަދި އެފަދަ ދެވަނަ އުދުވާނެއް ކުރިޔަށް ނުގެންދާނޭކަމުގެ ޔަގީންކަން ލިބުން. އަދި ހަމަ އެފަދައިން ދެނަވަ އުދުވާނެއް ހިންގައިފިނަމަ، އަނެއްކާ އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރުމުގެ ފުރުސަތުވެސް އޮންނާނެ،" އިނގިރޭސި ފޮރިންގ މިނިސްޓަރ ލިޒް ޓްރަސް ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ، އެގައުމުން ރަޝިއާގެ ބޭންކުތަކާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، 659 ބިލިއަން ޑޮލަރުގެ އެސެޓް ފްރީޒް ކުރެވިފައި ވާކަމުގައެވެ. އަދި ރަޝިއާގެ މުއްސަދި މަހުޖަނުންނާއި އެމީހުންގެ އާއިލީ މެމްބަރުންގެ ހިފެހެއްޓިފައިވާ އެސެޓްގެ އަދަދު 198 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށްވެސް ބުނެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން ވަނީ، ދުނިޔޭގައި ގައުމަކާއި ދެކޮޅަށް މިހާތަނަށް އަޅާފައިވާ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިއާއާއި ދެކޮޅަށް އަޅާފައެވެ. މީގެތެރޭގައި ޕުޓިންގެ ސަރުކާރުން އިސް އޮފިޝަލުންނާއި، ރަޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުންނާއި، ޕުޓިންއާއި ގާތް ގުޅުން ބާއްވަމުންދާ މަހުޖަނުންނާއި، ރަޝިއާގެ ބޭންކުތަކާއި އަދި އޭގެ އިތުރުން ރަޝިއާގެ ގިނަ އަދަދެއްގެ ކުންފުނިތައްވެސް ހިމެނެއެވެ.

ރަޝިއާއި ދެކޮޅަށް ޔޫރަޕާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްދިސާދަށް ވަނީ ނޭދެވޭ އަސަރުތައް ކޮށްފައެވެ. އަދި އެގައުމުގެ ފައިސާގެ އަގުވަނީ މިއިން ޒަމާނަކުވެސް ވެއްޓިގެން ނުދާ މިންވަރަށް ވެއްޓިގެން ގޮސްފައެވެ. އަދި ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރަޝިއާގެ އިގްތިސާދުވަނީ %30 ދަށަށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *