މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްފި

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2022 03:36
0

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ހަރަކާތުގައި މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނޭވާހޮޅިއަށް" ސުލްހަވެރި އިހުތިޖާޖު ފެށުމުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްފިއެވެ.

ނަރީޝް ހައްޔަރުކޮށްފައިވަނީ އޭނާ ޗައިނާ އެމްބަސީ ކައިރިން ހިނގާފައި ދަނިކޮށް ހުއްޓުވައިގެންނެވެ. ނަރީޝް ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ ފުލުހުން އެނާ ވަށާލައި މަގުމައްޗަށް ވައްޓާލުމަށްފަހުގައެވެ. އޭނާ މިހާރު ވަނީ ފުލުނުންގެ ވެހިކަލަށް އަރުވާފައެވެ. ނަރީޝްގެ އިތުރުން އެހެން މީހުންވެސް ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން "ނޭވާހިޅިއަށް" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތް ފެށުމަށް ރާވާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. ނަމަވެސް މިހަރަކާތް ފެށުމުގެ ދެގަޑިއިރުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދަށް އެއްވެ ވަނީ ޕީޕީއެމް އޮފީސް ކައިރިޔަށް އެއް ނުވެވޭނެހެން މަގުތައް ބަންދުކޮށްފައެވެ.

ފުލުހުން މަގުތައް ބަންދުކޮށްފައިވާއިރު، ފުލުހުންގެ ގިނަ އަދަދެއްގެ ވެހިކަލްތައްވެސް މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.