މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްޤީކޮށްފައިވާ "ވިލިމާލެ ކޮމިއުނިޓީ ގާޑެން" ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގާޑްން ހުޅުވައި ދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއެވެ.
އަންގާރަ ދުވަހު ހުޅުވި ވިލިމާލެ ކޮމިއުނީޓީ ގާޑްން ގައި އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި މާމެލާމެލީގެ ގަސްތައް ހުރިއިރު އެ ބަގީޗާގައި ހުންނަ 30 ގޮޅި އާންމުންނަށް ވަނީ ދޫކޮށްފައެވެ. މި ކޮމިއުނިޓީ ގާޑްންގެ ބޭނުމަކީ ކަނބަލުންނާއި ޒުވާނުން އިޤްތިސާދީ ގޮތުން ބާރުވެރިކުރުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މުޅި ކައުންސިލުގެ އިއްތިފާގުން ފާސްކުރިއިރުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަމެއް ދީފައޮތް ކަމެއް ކަނބަލުންނާއި ޒުވާނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަކީ. މިއަދު މިތަން ރަސްމީކޮށް ހުޅުވިގެންދާއިރު އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ފުރުސަތަކީ މިތަނުގެ ބޭނުންކޮށްގެން އާމްދަނީ ހޯދުން.
– މުއިއްޒު ވިދާޅުވިއެވެ.
"ވިލިމާލެ ކޮމިއުނިޓީ ގާޑްން" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލެއް އަންނަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މިތަނުން ގޮޅި ލިބުނު ބޭފުޅުންނަށް ގޮތެއް ހަމަޖައްސައިދޭނެ ކަމުގައެވެ.
ލޭންޑް ޔޫސް ޕްލޭނަށް ބަދަލެއް އަންނަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މިތަނުން ގޮޅި ލިބުނު ބޭފުޅުންނަށް ގޮތެއް ހަމަޖައްސައިދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
ވިލިމާލެ ކޮމިއުނިޓީ ގާޑްން" ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/DkhY06zLdl
— Male' City Council (@MaleCitymv) March 23, 2022
ވިލިމާލެ ކޮމިއުނިޓީ ގާޑަން ދޫކޮށްފައިވަނީ ވިލިމާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.