ރާއްޖެއާއި ޗައިނާއާއި ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމަކީ ދަރަނި ދަންތުރަ އެއްކަމަށްބުނެ ވާހަކަ ދައްކަވަނީ އިންޑިޔާއިން ދާލްކަރީކާ މީހުން ކަމުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިފަދައިން ޓްވީޓް ކޮށްފައިވާއިރު، މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވަނީ ނިމިދިޔަ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ދަރަނީގެ ދަންތުރައެއްގައި މިއަދު ޤައުމު ޖެހިފައިވާކަމަށެވެ. އަދި މިއަދު ފެންނަމުންދާ މަންޒަރަކީ ޗައިނާދެކެ އިންޑިޔާއިން ޖެހިލުންވާ ޖެހިލުންވުމުގެ ބޭނުން ނާޖައިޒް ގޮތުގައި އިންޑިޔާއިން ނަގަމުންދާ މަންޒަރުކަމަށެވެ.
އެމެރިކާއިން ޗައިނާ ދެކެ މިގަންނަ ބިރަކީ މިސަރަހައްދުގައި އިންޑިއާ އޭގެ ނާޖާއިޒު ފައިދާ ހޯދަން ބޭނުންކުރާ ހަތިޔާރަކަށްވެއްޖެ! ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ ދަރަނި ދަންތުރައަކަށް ވެދާނެކަމަށް ވާހަކަ ދައްކާ ބަޔަކު ދައްކަނީ އިންޑިއާއިން ދާލްކަރީ ކައިގެން!
– އަލްހާން ފަހުމީ
ރައީސް ނަޝީދުވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގަފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ. އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން މިނިސްޓަ ވިދާޅުވީ މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 އިންސައްތަ ކަމަށެވެ. ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވީ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ ކޯވިޑް-19ގެ ސަބަބުން، ކުރިން އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ އާމްދަނީ ދަށްވުމާ ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުންނެވެ. އެހެންކަމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު އިތުރު ވެފައި ވާކަމަށެވެ. އަދި 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ގެރެންޓީ ހިމަނައިގެން 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.
ކޮމެންޓު ފޮނުވާ