ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

މިއަދު ފެށި މި އަޑުއެހުންތައް މިމަހުގެ 22އާއި ހަމައަށް ތިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ދުވަސްތަކުގެ ހެނދުނު 09:00އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1430 އިން 1800އަށް ކުރިއަށްދާނެކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުންޏެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ މިމައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން  މިމަހުގެ 27ގައި އިތުރު އަޑުއެހުމެއް މާލޭގައިވެސް ބާއްވާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ. އެ އޮފީހުން ވިދާޅުވީ މި އަޑުއެހުންތައް ކުރިއަށްދާނީ ޝަރުޢީ ކޯޓުތަކުގައިވެސް އަޑުއެހުންތައް ކުރިއަށްދާގޮތަށްކަމަށެވެ. އަދި މި އަޑުއެހުންތަކުގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ އެންމެނަށްވެސް ފުރުޞަތު ދެއްވާނެކަމަށް އިންތީޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. އެއޮފީހުން ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށްހަމަޖެހިފައިވަނީ ގދ.ތިނަދޫގައެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *