ވީޑިއޯ ލިންކު މެދުވެރިކޮށް ޒެލެންސްކީ އެމެރިކާގެ ގާނޫނުހަދާ މަޖިލިހެ މެމްބަރުންނާއި މިޚާތަބްކޮށް ވާހަކަ ދައްކަވަނީ

ވީޑިއޯ މެދުވެރިކޮށް، އެމެރިކާގެ ކޮންގްރެސްއާއި މުޚާތަބު ކުރައްވާ، ޒެލެންސްކީ ތާރީޚުގެ ތެރެއަށް

ވީޑިއޯ މެދުވެރިކޮށް، އެމެރިކާގެ ކޮންގްރެސްއާއި މުޚާތަބު ކުރައްވާ، ޒެލެންސްކީ ތާރީޚުގެ ތެރެއަށް

އެމެރިކާގެ ކޮންގްރެސްއާއި ވީޑިއޯ ލިންކު މެދުވެރިކޮށް މުޚާތަބްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި، ދުނިޔޭގެ ގައުމެއްގެ ފުރަތަމަ ލީޑަރަކަށް، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވެވަޑައިގެންފިއެވެ.

ރަޝިއާއިން ޔޫކުރެއިންއާއި ދެކޮޅަށް ހިންގަމުންދާ އުދުވާންއާއި ދެކޮޅަށް އެމެރިކާއިން ރަޝިއާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ އަދި ޔޫކުރެއިންއަށް އަސްކަރީ ގޮތުންވެސް ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުން ދަނިކޮށް، އެމެރިކާގެ ކޮންގްރެސްގެ މެމްބަރުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވަނީ އެމެރިކާއިން އެގައުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ހަމަ އެއާއެކު އެގައުމަށް އަދިވެސް އަސްކަރީ އެހީތެރިކަން ބޭނުންވާ ކަމުގައިވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައި ވެއެވެ. އަދި ޒެލެންސްކީގެ ވާހަައިގެ މެދުތެރެއިން، ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތަކުގެ ވީޑިއޯއެއް ޒެލެންސްކީވަނީ ގެނެސްދީފައެވެ. އަދި މި ވީޑިއޯއަށްފަހު އޭނާވަނީ އެގައުމުގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއްކަމުގައި ކަނޑައަޅާދިނުމަށް އެމެރިކާގެ ކިބައިން ތަކުރާރުކޮށް އެދިފައެވެ.

ޒެލެކްސްކީގެ ވާހަކާގައި އޭނާ ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރަށް ވެވޭނީ ސުލްގައިގެ ލީޑަރަކަށް ވެވިގެން ކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ 3 ހަފްތާއަކީ ޔޫކުރެއިންއަށް އެމެރިކާއަށް 9/11 ފަދަ ދުވަހެއް ކަމުގައެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހަކީ އެމެރިކާގެ ވާރލްޑް ޓްރޭޑް ސެންޓަރަށް ޓެރަރިސްޓު ހަމަލާ ދިން ދުވަހެވެ.

ޒެލެންސްކީގެ ވާހަކާގައި އޭނާވަނީ ރަޝިއާއަށް އަދަބު ދިނުމުގެ ގޮތުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލަައްވާފައެވެ. އަދި އޭނާވަނީ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ އެއްވެސް ކުންފުންޏަކުން ރަޝިއާއާއެކު ވިޔަފާރި ނުކުރުމަށްވެސް ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *