"ދަރަކަ" 8 އެޕްރީލްގައި ދައްކަން ފަށަނީ!

"ދަރަކަ" 8 އެޕްރީލްގައި ދައްކަން ފަށަނީ!

Author
ފާތިމަތު ނާވީ
16 މާރޗް 2022 05:43
0

’ކަޒްމިކް އިންޓަނޭޝަނަލް' އިން އުފައްދާފައިވާ ކްރައިމް ތުރިލާ ވެބް ސީރީޒް "ދަރަކަ" އޭޕްރީލް 08 ވަނަ ދުވަހު މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް މަލްޓި ސްކްރީނުން ރިލީޒް ކުރުމަށް ނިންމައިފިއެވެ.

މީޑިއާނެޓްގެ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައިވާ ޓްރެއިލަރުން މި ޑްރާމާއަކީ ތަފާތު، ބަލާހިތްވާފަދަ މަންޒަރުތަކެއް ފެނިގެންދާ ޑްރާމާއެއްކަން އެނގެއެވެ.

މި ވެބް ސީރީޒްގެ މުހިންމު ރޯލުތަކުން ސޫޒަން އިބްރާހީމްފުޅު، އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު އިފްނާޒް ފިރާޤް، ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް، އަދުހަމް ލަޔާލް ޤާސިމް، ޢާއިޝަތު ޢަލީ، ޢަލީ އުސާމް (ދޮނާ)، މުޙައްމަދު އަފްރާހް އަދި އަލަށް ތަޢާރަފުކުރާ ފާޠިމަތު ވިސާމާ ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Medianet (@medianetmv)

ޑައިރެކްޝަނަށް އަލަށް ނުކުތް އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށްފައިވާ މި "ކްރައިމް ތްރިއްލާ" ވެބް ސީރީޒަކީ 08 އެޕިސޯޑްގެ ސީރީޒެކެވެ. މި ސީރީޒްގެ ވާހަކަ އަކީވެސް އަޒްހާންގެ ވާހަކައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.