އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި، ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 18 އަތޮޅުގައި "ސަރުކާރުގެ ޚިދުމަތު މަރުކަޒު" ގެ ނަމުގައި އޮފީސްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މި މަރުކަޒުތައް އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ.
ހއ. އިން ފެށިގެން ގދ. އާ ހަމައަށް ކޮންމެ އަތޮޅެއްގައި އެއް މަރުކަޒު ގާއިމުކުރާއިރު، މީގެ މަޤްޞަދަކީ ގައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް ލާމަރުކަޒީ ގާނޫނާ އެއްގޮތަށް، އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ