"ހިނދުކޮޅެއް"ގެ ފަސްޓް ލުކް ދައްކާލައިފި

"ހިނދުކޮޅެއް"ގެ ފަސްޓް ލުކް ދައްކާލައިފި

Author
ފާތިމަތު ނާވީ
16 މާރޗް 2022 12:24
0

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފީޗާ ފިލްމު "ހިނދުކޮޅެއް"ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ފަސްޓް ލުކް ނެރެފައިވަނީ މޯޝަން ޕޯސްޓަރެއްގެ ގޮތުގައެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން ޝޫޓިންގ ނިންމާލުމަށް އަމާޒު ހިފާފައިވާ މި ފިލްމުގެ ޝޫޓިންގެ 80 އިންސައްތަ މިހާރު ނިމިފައި ވާކަމަށް ޑާކްރެއިނުން މައުލޫމާތު ދެއެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ.

ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމު "ހިނދުކޮޅެއް" މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.