ޔޫކުރެއިންގައި ކޮންމެ މިނިޓަކުން ކުއްޖަކު ދަނީ ރެފީއުޖިއަކަށް ވަމުން: ޔޫއެން

ޔޫކުރެއިންގައި ކޮންމެ މިނިޓަކުން ކުއްޖަކު ދަނީ ރެފީއުޖިއަކަށް ވަމުން: ޔޫއެން

Author
ހުސެއިން
15 މާރޗް 2022 03:57
0

ފާއިތުވި ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން، އެގައުމުގައި މިހާތަނަށް 1.4 މިލިއަން ކުދިން ރެފިއުޖީންނަށް ވެފައިވާކަން ޔޫއެންއިން ހާމަ ކޮށްފިއެވެ.

ޔޫއެން ޗިލްޑްރެންސް އޭޖެންސީ ޔުނިސެފްގެ ތަރުޖަމާން ޖޭމްސް އެލްޑަރ ވިދާޅުވެފައިވާ ގޮތުގައި، މިހާތަނަށް ހަގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ވެގެން ގޮސްގައިވާ ޖުމްލަ އަދަދަށް ބަލާއިރު ކޮންމެ މިނިޓަކުން ކުއްޖަކު ރެފިއުޖީއަކަށް ވެގެން ގޮސްފައި ވާކަމުގައެވެ.

"ފާއިތުވެދިޔަ 20 ދުވަހަށް އެކަނި ބަލާލިކަމުގައި ވިނަމަވެސް، 70،000 ކުދިންވަނީ ރެފިއުޖީންގެ ގޮތުގައި ޔޫކުރެއިން ދޫކޮށް ހިޖުރަ ކޮށްފައި. އޭގެ މާނައަކީ، މި ހަނގުރާމަ ފެށުނުފަހުން، ކޮންމެ މިނިޓަކުން ކުއްޖަކު ރެފިއުޖީއަކަށް ވެގެންވަނީ ގޮސްފަ،" އޭނާ ވިދާޅުވިއެވެ.

ޔޫންއެއިން ހާމަ ކޮށްފައިވާ ގޮތުގައި، ހަނގުރާމަ ފެށުނުފަހުން މިހާތަނަށް 3 މިލިއަން މީހުންވަނީ އެގައުމު ދޫކޮށް ގޮސްފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު، އުފެދިފައިވާ ރެފިއުޖީ ކާރިސާއަކީ ދެވަނަ ބޮޑު ހަގުރާމައަށްފަހު ޔޫރަޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ރެފިއުޖީ ކާރިސާއެވެ. އަދި ޔޫކުރެއިންއިންގެ އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނަށް ގިނަ ގައުމުތަކުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ހަނގުރާމާގައި ޔޫކުރެއިން ދޫކޮށް ދާ މީހުންނަށް އެގައުމާ އިންވެގެން އޮތް ގިނަ ގައުމުތަކުން ދަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށް ދެމުންނެވެ. މީގެ ތެރޭގައި ޔޫކުރެއިންއާއި އިންވެގެން އޮންނަ ހަންގޭރީއަށް އާއި ސްލޮވޭކިއާއި ރޫމޭނިއާއި މޯލްޑޯވާ ހިމެނޭއިރު، ހަގުރާމައިން ސަލާމަތްވުމަށް ޔޫރަޕްގެ އެހެން ގައުމުތަަކަށްވެސް ގިނަ އަދަދެއްގެ ޔޫކުރެއިން ރައްޔިތުން ދަނީ ހިޖުރަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.