ރަޝިއާގެ މަހުޖަނެއްގެ އަގުބޮޑު ސުޕަރ ޔޮޓު އިޓަލީގެ ބަނދަރުގައި ހިފަހައްޓައިފި

ރަޝިއާގެ މަހުޖަނެއްގެ އަގުބޮޑު ސުޕަރ ޔޮޓު އިޓަލީގެ ބަނދަރުގައި ހިފަހައްޓައިފި

Author
ހުސެއިން
12 މާރޗް 2022 10:19
0

ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގއާއި ގާތް ގުޅުމެއް އޮންނަ އެގައުމުގެ މުއްސަނދު މަހުޖަނު އަންޑްރޭ މެލްނިޗެނކޯގެ، 578 މިލިއަން ޑޮލަރުގެ އަގުބޮޑު ސުޕަރ ޔޮޓު، އިޓަލީގެ މުވައްސަސާތަކުން ހިފަހައްޓާފައިވާކަން، އިޓަލީގެ ފައިނޭންސް ޕޮލޮސްއިން ހާމަ ކޮށްފިއެވެ.

އިޓަލީގެ ފުލުހުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައ ބުނެފައިވަނީ، "SY A"ގެ ނަން ދެވިފައިވާ، 530 މިލިއަން ޔޫރޯގެ އަގުހުރި މި ޔޮޓު މިހާރުވަނީ އެގައުމުގެ އިރު އުތުރުގެ ޓްރިއެސްޓް ޕޯޓުގެ ސްޓޯރޭޖްގައި ކަމަށެވެ.

މި ޔޮޓު އުފެއްދި ނޯބިސްކްރަގް ކުންފުނިން ބުނެފައިވާ ގޮތުގައި މި ޔޮޓަކީ މިވަގު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޔޮޓުކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިހެން ޔޫރަޕިއަން ޔޫނިއަންއިން، ރަޝިއާގެ ރައީސްއާއި ގުޅުން ބާއްވަމުންދާ މުއްސަދި މަހުޖަނުންނާއި ދެކޮޅަށް އަލަންފަށާފައިވާ އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އިތުތަށް ފުޅާކޮށް، މާރޗްމަހުގެ 9ވަނަ ދުވަހު ވަނީ، މަހުޖަނު އަންޑްރޭ މެލްނިޗެނކޯވެސް ހިމަނާފައެވެ.

އީޔޫއިން ހާމަ ކޮށްފައިވާ ގޮތުގައި ގަސްކާނާ އުފައްދާ ދުނިޔޭގެ ބޮޑު ކުންފުންޏެއް ކަމުގައިވާ ޔޫރީކެމް ގްރޫޕާއި ކޯލް ނަގާ ކުންފުންޏެއް ކަމުގައިވާ SUEK އަކީ އަންޑްރޭ މެލްނިޗެނކޯގެ ދެ ކުންފުނި ކަމުގައެވެ.

އަންޑްރޭ މެލްނިޗެނކޯގެ ސުޕަރ ޔޮޓު އިޓަލީގެ ބަނދަރުގައި ހިފަހައްޓާފަ: މިއީ ދުނީގަ އޮތް މިފަދަ އެންމެ ބޮޑު އެއް ޔޮޓު

އަންޑްރޭ މެލްނިޗެނކޯ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މަހުޖަނުންގެ ލިސްޓުގައި ހިމެނުމަށްފަހު އީޔޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އޭނާވެސް ހިމެނޭގޮތުން ރަޝިއާގެ 36 މުއްސަދި މަހުޖަނަކުވަނީ، ޔޫކުރެއިން ހަގުރާމަ ފެށުނުފަހުން، އެމެރިކާއާއި އީޔޫއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރަޝިއާގެ ރައީސް ޕުޓިންއާއި ބައްދަލު ކޮށްފައެވެ.

އީޔޫއިން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އަންޑްރޭ މެލްނިޗެނކޯ ބައިވެރިވެފައިވުން ދޭހަ ކޮށްދެނީ އޭނާއަކީ، ޕުޓިންގެ އެންމެ އަރިސް މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހެއްކަމާއި، އަދި ޔޫރެއިންގެ މިނިވަން ނިގުޅަިގަތުމަށް ޕުޓިން ކުރަމުންދާ މަސައްކަތަކަށް އޭނާގެ ތާއީދު އޮތްކަން ކަމުގައެވެ.

އަދި މީގެ އިތުރުން، މި ބައްދަލުވުމުގައި އޭނާ ބައިވެރިވުން ދޭހަކޮށްދެނީ، އޭނާއަކީވެސް، ޔޫކުރެއިންގެ ސަރައްދެއް ކަމުގައި ކްރައިމިއާއަކީ ރަޝިއާގެ ސަރަހައްދެއް ކަމުގައި ކަނޑައަޅާ، ރަޝިއާއިން ސިޔާސަތުތައް ތަންފީޒުކުރުމަށް ރަޝިއާގެ އިގްތިސާދަށް އެހީތެރިވެދެމުންދާ އެގައުމުގެ މަހުޖަނުންގެ ތެރޭގައި އޭނާވެސް ހިމެނޭކަމަށްވެސް އީޔުއިން ހާމަކޮށްފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޕުޓިންގެ ގާތް ވިޔަފާރި ވެރިންނާއި އަދި އޭނާއާއި ގާތް ގުޅުންތައް ބާއްވަމުންގެންދާ ރަޝިއާގެ ސަރުކާރުގެ އިސްވެރިންނަށް ޔޫރަޕްގެ ގައުމުތަކުންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން، މި ހަފްތާގައި އިނގިރޭސިވިލާތުންވަނީ، ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއާއި ގުޅުން އޮންނަ މަހުޖަނުންގެ ލިސްޓުގައި މަޝްހޫރު ފުޓުބޯޅަ ކުލަބު ޗެލްސީގެ އޯނަރު އަބުރަމޮވިޗް ހިމަނައިފިއެވެ.

އަދި މީގެ އިތުރުންވެސް ޕުޓިންއާއި ގުޅުން އޮންނަ ގިނަ އަދަދެއްގެ ރަޝިއާގެ މަހުޖަނުންގެ އެސެޓްތައް ފްރީޒްކޮށް، އަދި ރަޝިއާގެ ގިނަ އަދަދެއްގެ ބޭންކުތަކަށް އަމާޒުކޮށްވެސް ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވަނީ އިގުތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގެ މި ފިޔަވަޅުތަކުގެ ބޭނުމަކީ ޕުޓިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.