ރާއްޖޭގެ މިވެރިކަމުގެ އެއްވެސް ބާރެއް ދިވެހި ސަރުކާރުގެ އަތުގައި މިހާރު ނެތްކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް" ހަރަކާތުގައި މިއަދު މަހިބަދޫގައި ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ، ދިވެހި ސަރުކާރަކީ މިއަދު އަމިއްލަ ކޮންޓްރޯލެއް އޮތް އޮތް ޤައުމެއް ނޫންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކު މިއަދު ދިވެހި ޤައުމެއްގައި ހުންނެވި ނަމަވެސް އެރައީސަކަށްވެސް އެއްވެސް ބާރެއް މިއަދު ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް، ބުރޫއަރާ އެތައްކަމެއް އަމިއްލަ އަތުން ދޫކޮށް މިއަދު ވަނީ ކަރުމަޅި އެޅިފައިކަމަށް ޔާމީން ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ކޮންޓްރޯލް އޮތީ ރައީސް އޮފީހާއި ޖެހިގެން އިން ތަނެއްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހާއި ޖެހިގެން އިންނަ އިންޑިއާ އެމްބަސީން މިއަދު ނެރޭ ބަޔާންތަކާއި އަންގާ ގޮތަކަށް ނޫންގޮތަކަށް ޤައުމު ހިންގުމެ އެއްވެސް ބާރެއް ރައީސަށް ނެތްކަމަށެވެ.
މިއަދު ދިވެހި ޤައުމަށް މިއަދު އިންޑިއާ އާއިހެދި ބޮޑު ނޮހޮރޮއްޕާނަކަށް ވެފަ. މިއަދު މިޤައުމުގެ ކޮންޓްރޯލެއް ދިވެހި ސަރުކާރުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަތުގައިވެސް ނެތް. އެބާރު އޮތީ ރައީސް އޮފީހާއި ޖެހިގެން އިން އޮފީހެއްގައި.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައި، މިހަރަތުގައި ބައިވެރިނުވުމަށް ކިތަންމެ ވަރަކަށް ގޮވާލިޔަސް މިހަރަކާތް ނުހުއްޓުވޭނެކަމަށެވެ. މިހަރަކާރަކީ ދިވެހި ރައްޔިތުން ޤައުމުގެ ހައްގުގައި ކުރާ ބޮޑު ޖިހާދެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށްކަމަށެވެ. އެކަން ނުކޮށް ޤާނޫނާއި ޚިލާފަށް އިންޑިއާ ސިފައިން މިޤައުމުގައި ތިބިހާ ހިނދަކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއެގްރީމަންޓުތައް މިއަދު ދިފާކު ކުރަމުންދަނީ މިކަމުން ސަލާމަތް ވާނެ ގޮތެއް ނެތުމުންކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު އުތުރު ތިލަފަޅުގެ 100 ޕަސެންޓް ކޮންޓްރޯލް އޮތީ އިންޑިއާގެ އަތުގައިކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިންޑިއާ ސިފައިން ބަޑަހަ ޖަހައިގެން އުޅޭއިރު މިކަން ނޭގޭކަމަށް ދިވެހި ސަރުކާރުން ހަދާކަމީ ޤައުމަށް ވާ ބޮޑު ޣައްދާރެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ