ވެރިކަން ކުރާ އެމްޑީޕީގެ ހިންގުމުން ނައިފަރު ދާއިރާގައި އުޅުއްވާ އާދަނާއި ހަވާލު ކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައިފިއެވެ.
އެމްޑީޕީ ބައިބައިވެ، އެމްޑީޕީގެ މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދުދީ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، އަމިއްލަ ޕާޓީ ހިންގަން ނޭގުނު ބަޔަކަށް ޤައުމެއްގެ ވެރިކަން ނުކުރެވޭނެކަމަށެވެ. އެމްޑީޕީ ހިންގަން މިއަދު އެންމެ ރަނގަޅުވާނީ މިހާރުވެސް އެމްޑީޕީން އެކަހެރިކޮށް ބާކީ ކޮށްފައިވާ ނައިފަރު ދާއިރާގައި އުޅުއްވާ އާދަނުކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ކަންކަން ކުރާކަމަށް ބުނާ ޕާޓީއަކީ އެމްޑީޕީކަމަށް ދައްކަން އުޅުނަސް ދެއް އެކަމެއް ނުވާނެކަމަށެވެ. އަމިއްލަ ޕާޓީގެ ދަފްތަރެއް ނެތި އެތައް ދުވަހެއް ވާއިރު އެކަން ނުވާއިރު، އިންތިޚާބީ މަޤާމުތަކަށް އޮންނަ ތާރީޚަށްވެސް މީހުން ކަނޑަނޭޅޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެމްޑީޕީ ހިންގަމުންދާ ގޮތާއިމެދު ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ގިަނ މެމްބަރުންވަނީ ބޮޑެތި ފާޑުކިޔުން އަމާޒުކޮށްފައެވެ. ގައުމީ މަޖިލިސްގެ ޖަލްސާގައި މަވޯޓާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ އަށް އަހަރު އޮތީ ފޭރިގެންފައި ކަމަށެވެ. އަދި އެންމެ ފަހުގެ ޗެއާޕާސަނާއި އޭގެކުރިން ހުންނެވި ޗެއާޕާސަން ވެސް އަމަލު ކުރެއްވީ އެގޮތަށް ވިދާޅުވެ، ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ޤައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ. ޖަލްސާ ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ދޭން ދެށީ އިންތިހާބު ފަސްކުރަން އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވާ، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އަޒިމު ތުހުމަތުކުރައްވާ ވާހަކަދެއްކެވުމުންނެވެ.
ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އިންތިހާބު ފަސްކުރުމަށް ތާއިދުކުރެއްވި ނަމަވެސް އޭނާއާ ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒު ފަހުމީ އެކަމަށް ދެކޮޅު ހައްދަވައެވެ. އިންތިގެ ހުށައެޅުމަކީ މިހާރު ތާވަލުކޮށްފައިވާ ދުވަހު އިންތިހާބު ބޭއްވުން ނޫނީ ރޯދައިގެ ކުރިޔަށް އަވަސްކުރުމެވެ.
ރޭގެ ބައްދަވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއި އެކުކަމަށާއި އަންނަ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން ހުރަސް އަޅުއްވަމުން ގެންދަވާ މަންޒަރު ފެންނަކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވަމުން އިންތިއަށް ތާއީދުކުރައްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ ރޯދަ މަހާއި ދިމާވުމަކީ އިންތިހާބު ފަސްކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ޕާޓީގެ ވިސްނުމާއި ދެކޮޅު ހުތުރުކަމެއްކަމަށް އީވާ ވިދާޅުވިއެވެ.
ރޭގެ ޤައުމީ މަޖްލީހުގައި 115 މެމްބަރުން ބައިވެރިވި އިރު އިންތިހާބު ފަސްކުރަން 100 މެމްބަރުން ވަނީ ވޯޓްދީފައެވެ. ފަސްކުރަން ނުފެންނަކަމަށް ވޯޓްދިނީ 15 މެމްބަރުންނެވެ.
ކޮމެންޓު ފޮނުވާ