އެމްޓީސީސީން ހުނަވަރު ބަސް ޑްރައިވަރުން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްފި

އެމްޓީސީސީން ހުނަވަރު ބަސް ޑްރައިވަރުން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2022 10:01
0

އެމްޓީސީސީން "ހުވަނަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އިފްތިތާޙް ކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް މިއަދު މާފަންނު ބަސް ޓާރމިނަލްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއާއި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާވެސް ގުޅުވައިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ޙުސައިން މޫސާ ވިދާޅުވީ ކުންފުނީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ޤާއިމުކުރުން ކަމަށާއި، ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުން ކަމަށެވެ.

މިގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހުޅުވާލެވުނު ހުނަވަރު ޕްރޮގްރާމުން ތަމްރީން ވެގެން އަންހެން ބަސް ޑްރައިވަރަކާއި އަން ހެން ބަސް އެޓެންޑެންޓުން ހަރަކާތްތެރިވަމުންދާކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޢާންމުކޮށް ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައި، އަންހެން ކުދިންނަށް އިސްކަންދިނުމަކީ އަންހެނުން ބާރުވެރިކުރުވައި މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އަށް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރާއި އެއްގޮތަށް މި ކުންފުންޏަކީ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރުފުޅާކޮށް އަދި އަންހެނުން ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔާޤީންކަން އަރުވަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.