މާފަށް އެދި، މަޝްހޫރު ޝެލް ކުންފުނިން ރަޝިއާގެ ކުރޫޑް އޮއިލް ގަތުން ހުއްޓާލަނީ

މާފަށް އެދި، މަޝްހޫރު ޝެލް ކުންފުނިން ރަޝިއާގެ ކުރޫޑް އޮއިލް ގަތުން ހުއްޓާލަނީ

Author
ހުސެއިން
08 މާރޗް 2022 07:30
0

ދުނިޔޭގެ މަޝްހުރު ތެޔޮ ކުންފުނި ޝެލްއިން ފާއިތުވެދިޔަ ހަފްތާގައި ރަޝިއާގެ ކުރޫޑު އޮއިލް އެކުންފުނިން ގަނެފައިވާތީ މާފަށް އެދި، ރަޝިއާއެކީ ކުރަމުން އަންނަ ހުރިހާ މުއާމަލާތެއް ކުރުން ހުއްޓާލުމަށް ނިންމާފައިވާކަން ހާމަ ކޮށްފިއެވެ.

"ޕެޓްރޯލާއި ޑީސަލް އުފެއްދުމަށްޓަކާ ފާއިތުވެދިޔަ ހަފްތާގައި ރަޝިއާގެ ކުރޫޑް އޮއިލް ކާރގޯ ޝިޕްމަންޓެއް ގަތުމަށް ނިންމިކަން ފާހަގަ ކުރަމުން، އަދި މިއީ ސަޕްލައި ހުއްޓުމަކަށް ނުގެގައުމުގެ ގޮތުން ނިންމި ނިންމުމަކަށް ވިނަމަވެސް، މިއީ ރަގަޅު ނިންމުމެއް ނޫންކަމުގައި ގަބޫލުކުރަން. އަދި މިކަމަށްޓަކާ މާފަށް އެދެން،" ޝެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބެން ވޭން ބާރޑެން ވިދާޅުވެފައި ވެއެވެ.

ޝެލް ކުންފުނިން ބުނެފައިވާ ގޮތުގައި، ރަޝިއާގެ ކުރޫޑު އޮއިލް ގަތުން ވަގުތުން ވަގުތަށް ނިމުމަކަށް ގެނެސް، އަދި ރަޝިއާގައި ހުރި އެ ކުންފުނީގެ ޚިދުމަތްދޭ ހުރިހާ ސްޓޭޝަންތައްވެސް ބަންދުކޮށް، އަދި އޭވިއޭޝަން ފިއުލްއާއި ލުބްރިކޭޝަން އޮޕަރޭޝަންތައްވެސް ހުއްޓުމަކަށް ގެންނާނެ ކަމުގައެވެ.

އަދި އެކުންފުނިން ބުނެފައިވާ ގޮތުގައި، ރަޝިއާގެ ޕެޓްރޯލިއަމް ޕްރޮޑަކުތަކުގެ ވިޔަފާރިންނާއި، ގޭހާއި، ލިކުއިފައިޑް ނެޗުރަލް ގޭހުގެ (LNG) ވިޔަފާރިންވެސް އެކުންފުނި އެކީ ދުރަށް ދާނެކަމަށާއި އަދި ފޭސް ތަކަކަށް ބަހާލައިގެން މި ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓުމަކަށް ގެންނަން ނިންމާފައިވާ ކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން މިހާރުވަނީ ރަޝިއާއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ޔޫކުރެއިންއާއި އިންވެގެން އޮތް ބެލަރޫސްއިން ރަޝިއާއަށް އެހީތެރި ވެދީފައި ވާތީ، މި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ ގައުމުތަކުން ބެލަރޫސްވެސް ހިމަނާފައި ވެއެވެ.

އަދި މީގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ ބޮޑެތި ކުންފުނިތަކުންވަނީ ރަޝިއާގައި ހިންގަމުން އައި ވިޔަފާރިތައް ހުއްޓާލާފައެވެ. މީގެތެރޭގައި ކާރު އުފައްދާ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓޮޔޯޓާއާއި މަޒްޑާ ހިމެނޭއިރު، މުޅި ދުނިޔޭގައި ފަރނީޗަރު ވިޔަފާރި ކުރާ އިކިއެއަރއާއި، އަދި މާސްޓަރ ކާޑާއި ވިސާރ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިވެސް ހިމެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު 4 އެކައުންޓިން ފާރމްގެ ތެރޭގައި ހިމެނޭ ދެ އެކައުންޓިންގ ފާރމް ކަމުގައިވާ ކޭޕީއެމްޖީއާއި ޕްރައިސްވޯޓަރހައުސްކޫޕަރސް އިންވެސް ވަނީ ރަޝިއާގައި މަސައްކަތް ކުރުން ހުއްޓާލާފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މީޑިއާތަކުންވެސް ވަނީ ރަޝިއާގައި ހިންގަމުން އައި އޮފީސްތައް ބަންދު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.