"ވެޓް މާރކެޓް" އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ވެޓް މާކެޓަކަކީ ތަރުކާރީ އާއި މޭވާގެ އިތުރުން މަސްމާރުކޭޓެއްވެސް ހިމެނޭހެން އަދި އެހެނިހެން ކާބޯތަކެތި އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ލިބެން ހުންނާނެ އިންތިޒާމު ޤާއިމު ކުރުމަށްޓަކައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ. ވެޓް މާކެޓްގެ ޢަމަލީ މަސައްކަތް ނިމިގެން ދާއިރު މާލެ ސިޓީގައި މިހާރު ހުރި ހުރިހާ މާރުކޭޓް އެއްފުރާޅެއްގެ ދަށަށް އަންނާނެއެވެ.
މި ވެޓް މާކެޓް އެޅުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައެވެ. ވެޓް މާކެޓަށް ބިޑު ކުރާ ފަރާތް ތަކުގެ ތެރެއިން ދިވެހިން ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 50000 ދިވެހި ރުފިޔާ ހުށައަޅަން ޖެހޭނެއެވެ. އަދި ބިދޭސީއެއް ނަމަ 4000 ޔޫއެސް ޑޮލަރު ހުށައަޅަން ޖެހޭނެއެވެ.
ވެޓް މާކެޓަކީ މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ