ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާގެ ބަންދަށް 3 ދުވަސް ދީފިއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކު ހުޅުމާލޭ ފޭސް 2 އަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުޅުމާލޭ ކޯޓަށް ގެންދިއުމުން އޭނަގެ ބަންދަށް 3 ދުވަސް ދީފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ 20 އަހަރުގެ ދިވެހި އަންހެން މީހާ ނުރުހުމުގައި ހުޅުމާލެ ފޭސް ދޭކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައެޅީ މިމަހުގެ 7 ވަނަ ދުވަހުގެރޭ ރޭ 12.50 ހާއިރުއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ހައްތަރުކޮށްފައިވަނީ ޓެކްސީ ދުއްވަން އިން ޑްރައިވަރެވެ. އަދި އަންހެން މިހާ ކާރަށް އަރާފައިވަނީ ހެންވޭރުން، މާފަންނަށް ދަތުރެއް ކުރުމަށްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ