އަމިއައްލަ އޮފީހުގައި އިންނަވާ ވީޑިއޯ އާންމު ކުރެއްވަމުން، ފިލައިގެން ނުދާނޭ ކަމުގައި ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ

އަމިއައްލަ އޮފީހުގައި އިންނަވާ ވީޑިއޯ އާންމު ކުރެއްވަމުން، ފިލައިގެން ނުދާނޭ ކަމުގައި ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ

Author
ހުސެއިން
08 މާރޗް 2022 08:20
0

އަމިއްލަ އޮފީހުގައި އިންނަވާ، އަދި އޮފީހުގެ ކުޑަ ދޮރުން ބޭރު ފެންނަ ވީޑިއޯ އާންމު ކުރެއްވުމަށްފަހު، ވެރިރަށް ދުކޮށް ފިލައިގެން ނުދާނޭ ކަމަށާއި، ބޭނުމީ ރަޝިއާގެ އިސްތިއުމާރީ ބާރާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް ކަމަށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީ އަނެއްކާވެސް ވިދާޅު ވެއްޖެއެވެ.

ރައީސް އޮފީހުގައި އިންނަވައިގެން، ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޒެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާގެ ހަމަލާތަކަށް ޖެހިލުން ނުވާކަމަށާއި، އޭނާ ހުންނެވީ ފިއްލަވައިގެންވެސް ނޫން ކަމައެވެ. އަދި އިންވެވި ތަން ޔަގީން ކޮށްދިނުމުގެ ގޮތުން ޒެލެންސްކީވަނީ، އޭނާގެ އޮފީހުގެ ކުޑަ ދޮރުން ބޭރު ފެންނަ ވޯޑިއޯ އަމިއްލަފުޅު ފޯނުން ކުރެއްވުމަށްފަހު އެ ވީޑިއޯވެސް އާންމު ކުރައްވަފައެވެ.

ޔޫކުރެއިންގެ ބަންކޯވާ ސްޓްރީޓުގައި ހުންނަ އޭނާގެ އޮފީހުގެ އިންނަވާ ވާހަކަ ދައްކަވަމުން ޒެލެކްސްކީ ވިދާޅުވެފައި ވަނީ، އޭނާ ހުންނަވާނީ ވެރިރަށުގައި ކަމަށާއި އަދި އޭނާގެ ޓީމުވެސް އޭނާއާއެކީ މަސައްކަތުގައި ދެމި ތިބި ކަމަށެވެ.

ބައެއް ފަރާތްތަކުން ކުރިން މައުލޫމާތު ފަތުރާފައިވާ ގޮތުގައި ޒެލެންސްކީ ހުންނެވީ ގައުމު ދޫކުރައްވާ ވަޑައިގަނަންނަވަން ދެކޮޅު ހެއްދެވިނަމަވެސް، ވެރިރަށުގައި ފިއްލަވައިގެންނެވެ.

"އަހަރެން މިހިރީ މިތަނުގައި،" ޒެލެންްކީ ވިދާޅުވެފައި ވެއެވެ. އަހަރެން ހުނާނީ ކީވް (ވެރި ރަށް) ގައި. ބޮންކޯވާ ސްޓްރީޓްގައި. އަހަރެން މިހުރީ ފިލައެއް ނޫން. އަހަރެން އެއްވެސް މީހަކުދެކެ ޖެހިލުމެއް ނުވޭ. ގައުމަށްޓަކާ ކުރަމުން މިދާ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކާ މިތާ ހުންނަން ޖެހޭ އެންމެ ދިގު މުއްދަތެއްގައި އަހަރެން ހުންނާނީ މިތާ."

ޔޫކުރެއިންގެ ރައްޔިތުންނާއި މުޚާތަބުކޮށް ވަހަކަ ދައްކަވަމުން ޒެެލެންސްކީ ވަނީ، ހިތްވަރު ބަލި ނުކުރުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ޔޫކުރެއިންގެ އަސްކަރިއްޔާއިން ކުޑަ ތަންކޮޅެއްވެސް ފަހަތައް ނުޖެހޭނެ ކަމަށާއި، އޭނާގެ ގައުމުގެ ރައްޔިތުންގެ ހިންވަރު ފެނިފަ އަދުއްވުން މިހާރުވެސް ބިރުން ސިހިފައި ވާކަމުގައެވެ.

ވީޑިއޯ މެދުވެރި ކުރައްވާ ދެއްވި މި ޚިތާބުގައި ޒެލެންސްކީވަނީ ޔޫކުރެއިން ސިފައިންގެ ތެރެއިން އާދަޔާ ޚިލާފް ހިތްވަރު ކޮށްފައިވާ އޮފިސަރުންނަށް ޝަރަފްގެ މެޑެލްވެސް އަރުވާފައެވެ.

ފެބްރުއަރީމަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ރަޝިއާ ސިފައިން ދަނީ ޔޫކުރެއިންގެ ވެރިރަށް ހިފުމަށްޓަކާ ވެރިރަށާއި ދިމާލަށް ކުރިޔަށް ޖެހެމުންނެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ، ރަޝިއާއިން މަސައްކަތް ކުރަމުންދަނީ ވެރިރަށް ކީވް ވަށާލުމަށެވެ.

އެހެންނަމަވެސް އެމެރިކާއިން ބުނެފައިވަނީ، ރަޝިއާއިން ވެރި ރަށާއި ދިމާލަށް ކުރިޔަށް ޖެހެމުން އައި އައުން މިހާރު އަނެއްކާވެސް މަޑުޖެހިފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.