ވިސާ އަދި މާސްޓަރ ކާޑުން ރަޝިއާގައި ޚިދުމަތް ދިނުން ހުއްޓާލާއިފި

ވިސާ އަދި މާސްޓަރ ކާޑުން ރަޝިއާގައި ޚިދުމަތް ދިނުން ހުއްޓާލާއިފި

Author
ހުސެއިން
06 މާރޗް 2022 09:11
0

ޔޫކުރެއިންއަށް ރަޝިއާއިން ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، އެމެރިކާގެ ދެ ޕޭމަންޓު ފާރމް ކަމަށްވާ ވިސާ އިންކްއާއި މާސްޓަރކާރޑް އިންކްއިން މި ހަފްތާއިން ފެށިގެން، ރަޝިއާގެ ހުރިހާ އޮޕަރޭޝަންތަކެއް ސަސްޕެންޑް ކޮށްފައިވާކަން މި ދެކުންފުނިން ހާމަ ކޮށްފިއެވެ. އަދި މި ދެ ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި، ދެކުންފުނީގެ ހުރިހާ ކަލައަންޓުންނާއި އަދި ޕާޓްނަރުންނާއެކީ، ރަޝިއާއި ގުޅުންހުރި ހުރިހާ ޓްރާންސެކްޝަންތަކެއް ހުއްޓުމަކަށް ގެނައުމަށް މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ވިސާ އިންކު އިން. ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ރަޝިއާގައި ދޫކޮށްފައިވާ ހުރިހާ ވިސާ ކާރޑެއް މަސައްކަތް ކުރުން ހުއްޓުމަކަށް އަނާނޭ ކަމުގައެވެ. އަދި މި ކާރޑުތައް ދުނިޔޭގެ އެހެން ގައުމެއްގައިވެސް ބޭނުމެއް ނުކުރެވެނެއެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ދޫކޮށްފައިވާ އެއްވެސް ވިސާކާރޑެއް ރަޝިއާގައި ބޭނުން ނުކުރެވޭނެކަމަށްވެސް މި ކުންފުނިން ހާމަ ކޮށްފައި ވެއެވެ.

"ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާންއާއި ގުޅިގެން ފިޔަވަޅު އަޅަން އަހަރެމެންނަށް މަޖުބޫރު ވެއްޖެ. ފެންނަމުން ދަނީ ގަބޫލުކުރަން ދަތި ކަންތައް ތަކެއް،" ވިސާގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލް ކެލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑްން ޔޫކުރެއިންގެ ރައީސް ޒެލެންސްކީއަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ވިސާ އަދި މާސްޓަރކާރޑުން އަޅާފައިވާ ފިޔަވަޅަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ވިސާ އަދި މާސްޓަރ ކާޑުން ރަޝިއާގައި ހުރިހާ އޮޕަރޭޝަނެއް ހުއްޓާލުމާއި ގުޅިގެން، މިހާރުވެސަ ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ރަޝިއާގެ އިގްތިސާދަށް އިތުރު މައްސަލަތައް ކުރިމަތިވެގެން ދާނެއެވެ. އަދި ވަކީން ޚާއްސަކޮށް، އިންފްލޭޝަން މަތިވެގެން ދިއުމުގެ މައްސަލައާއި، އަދި މުދާ އިންޕޯޓުކުރުމުގައި އިތުރު ދަތިތައް ކުރިމަތިވެގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.