ގެރިބަކަރިވެސް ނޫޅޭ ވައްތަރަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު އުޅުއްވާކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ނާއިބު ރައިސް އަދި ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ޝާމިލްވާ ކޮރަޕްޝަންގެ މައްސަލައެއް 6 އަހަރު ފަހުން އިސްތިއުނާފްކޮށްދިނުމަށް ހައިކޯޓުގައި އެދުމަށް މިރޭ ނިންމުމާއި ގުޅިގެން، އޭޖީއަށް ފާޑުވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވަނީ ގެރިބަކަރި ނޫޅޭ ވައްތަރަށް އޭޖީ އުޅުއްވާތަން ފެނުމަކީ ހިތާމަހުރި ކަމެއްކަމަށާއި، މިކަމާމެދު ހައިރާން ނުވާކަމަށެވެ. ޖީއެމްއާރު އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ މަޢާފްކޮށް ދެއްވީ އޭޖީކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
އާބިޓްރޭޝަން މަރުހަލާގައި ޖީއެމްއާރުގެ ލޯޔަރ އަކީ އޭޖީ. ހަދިޔާއަކަށް ލިބިވަޑައިގަތީ މަޤާމު. މަޤާމު ލިބުނީމައާއެކު ކޮށްދިނީ ރައްޔިތުންނަށް ލިބެންޖެހޭ މިލިއަން ޑޮލަރު. މިއީ އެމްޑީޕީން ކިޔާ އިންސާފުތޯ؟
-ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު
ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެ ސޮއިކުރިނަމަވެސް އެކުންފުނި ރަޖިސްޓްރީކޮށްދީފައިނުވާތީ ރަޖިސްޓްރީކޮށްދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުންކޮށްފައިވާ 2014 ވަނަ ކޮށްފައިވާ ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ހުއްދައަކަށް އެދުމަށް ވަނީ ނިންމާފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓްވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށް އެކަމުގެ ތުހުމަތު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދަށް ކުރެވޭކަމަށް ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ