އެމްއެމްއޭގެ ސްކޯލަރޝިޕަށް އެދުމުގެ ފުރުސަތު ހަމަވަނީ

އެމްއެމްއޭގެ ސްކޯލަރޝިޕަށް އެދުމުގެ ފުރުސަތު ހަމަވަނީ

Author
އަހުމަދު
28 ޖޫން 2026 10:39
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މެލޭޝިއާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން ބާކީ އޮތީ އެންމެ ދެ ދުވަހެވެ.

ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް) އާއި، ޤާނޫނީ އަދި އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީގެ އިތުރުން އިސްލާމިކް ފައިނޭންސް އާއި އެއާ ގުޅުންހުރި ރޮނގުތަކުން ޕީއެޗްޑީ ހެދުން ހިމެނެއެވެ.

މި ސްކޯލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. ނަމަވެސް ސްކޯލަރޝިޕް މުޅިން ކަށަވަރުވާނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ޔުނިވަރސިޓީއަކުން އެޑްމިޝަން ލިބުމުންނެވެ.

މިމަހުގެ 30 ވަނަ ދުވަހަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު، މި ފުރުޞަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ވީހާވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.