ބަނޑުބޮޑޭ ކިޔާތީ ޝިބާނީ ރުޅިގަދަ ވެއްޖެ

ބަނޑުބޮޑޭ ކިޔާތީ ޝިބާނީ ރުޅިގަދަ ވެއްޖެ

Author
ފާތިމަތު ނާވީ
06 މާރޗް 2022 06:48
0

މިދިޔަމަހު ކައިވެނި ކުރި ފަރްހާން އަޚްތަރާއި ޝިބާނީ ޑަންޑޭކަރްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ އިރު ތަފާތު ވާހަކައެއް ފޭނުން ދައްކަން ފަށައިފިއެވެ.

ކައިވެންޏަށް ދެ ހަފްތާވެސް ނުވެގެން އުޅެނިކޮށް މިހާރު ދެކެވޭ ވާހަކައަކީ ޝިބާނީ ބަނޑުބޮޑު ވާހަކައެވެ. މިވާހަކަ ދެކެވެން ފެށީ ޝިބާނީ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުންނެވެ.

ގިނަ ބަޔަކު މި ފޮޓޯއަށް ކޮމެންޓްކޮށް ބަނޑުބޮޑުތޯ ވަނީ ސުވާލުކޮށްފައެވެ. އަދި އެ ފޮޓޯތަކުން ވަރަށް ބޮޑަށް ޝިބާނީ ބަނޑުބޮޑު ވައްތަރު ޖަހައެވެ.

މި ވާހަކަތަކާ ގުޅިގެން ޝިބާނީ ވަރަށް ރުޅިގަދަވެ ބުނެފައި ވަނީ އޭނާ ބަނޑުބޮޑު ނޫން ކަމަށެވެ. އަދި މިއީ އޭނާގެ ކައިވެނީގެ ވަރަށް ކުރީކޮޅު ކަމަށާއި މިހާރު މަޖާކޮށްލުމަށް ބޭނުން ވާކަމަށެވެ. އަދި އެހެން ހުރީ މާގިނަ އިން މިދުވަސްކޮޅު ކެވޭތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފަރްހާން މިހާރު ހުރީ ކައިވެންޏަށް ފަހު ކުޑަ ބްރޭކެއްގައެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް އިއުލާން ކޮށްފައެވެ. އެއީ އޭނާ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކުރާ ފިލްމް "ޖީލޭ ޒަރާ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.