މާލޭގައި މާހެފުމުގެ ޙަރަކާތްތައް ބާއްވާނެ ދުވަސްތައް ކަނޑައަޅައިފި

މާލޭގައި މާހެފުމުގެ ޙަރަކާތްތައް ބާއްވާނެ ދުވަސްތައް ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2022 05:31
0

ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގައި މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޢާއްމު ފަރާތްތަކުން މަގު ބަންދުކޮށްގެން މިޙަރަކާތް ކުރިއަށް ގެންދިއުމަށް އެދި ހުށަހެޅުނު ހުށަހެޅުމަށް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާކޮށް ގޮތްތަކެއް ކަނޑައަޅާފައެވެ.

މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ މައިމަގުތައް ނުހިމެނޭ ގޮތަށް މަގު ބަންދުކޮށްގެން އެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ޢާއްމު ފަރާތްތަކުން މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 25، 26، 29 އަދި 30 ގައިކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ޙަރަކާތެކެވެ. އެހެންކަމުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްއެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުން ދައްކަނީ އަންނަ މަހުގެ 2 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.