ހދ.ކުޅުދުއްފުށީ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެރަުން ކަރަންޓް ކެނޑެންފަށައިފިއެވެ.
ކުޅުދުއްފުށީ އިންޖީނުގޭގެ ޖަނަރޭޓަރެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. ލިފާން ރޯވެފައި ވަނީ އެރަށު އިންޖީނުގައި ހުރި 1.2 މެގަވޯޓްގެ ޖަނަރޭޓަރެއްގައެވެ. ބެލެވޭގޮތުގައި އަލިފާން ރޯވީ ލޯޑު ބޮޑުވެގެންނެވެ.
ޖަނަރޭޓަރުގައި އަލިފާން ހިފިތާ މާގިނައިރުތަކެއް ނުވަނީސް ވަނީ މުއްވައްޒަފުން އެ އަލިފާންގަނޑު ނިއްވާލާފައެވެ. އިންޖީނުގެއަށް ގެއްލުމެއް ނުލިބުނު ނަމަވެސް އެރަށުން ކަރަންޓް ކެނޑެންފަށާފައިވާކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. މިވަގުތު ރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އަންގާފައިވާކަމަށްވެސް ބުންޏެވެ.
ކޮމެންޓު ފޮނުވާ