ތ.ގުރައިދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންތްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 77އިންސައްތަ މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުންޏެވެ. އެކުންފުނިން ބުނީ، އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 1 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. ބޭރުތޮށި ލުމުގެ މަސައްކަތުގެ 69 ޕަސެންޓް ވަނީ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިއްޖެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 1 މާރޗް 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. ބޭރުތޮށި ލުމުގެ މަސައްކަތުގެ 69 ޕަސެންޓް ވަނީ ނިމިފައި. pic.twitter.com/tYDRlsZSK9
— MTCC Plc (@MTCCPlc) March 2, 2022
ތ. ގުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމް.ޓީ.ސީ.ސީން މިވަގުތު އަންނަނީ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި 41 މަޝްރޫޢެއް ހިންގަމުންނެވެ. ކޯވިޑް-19ގެ ޙާލަތާއެކުވެސް ނިމުނު 2020 ވަނަ އަހަރަކީ އެމް.ޓީ.ސީ.ސީގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 34 މަޝްރޫޢެއްގެ މަސައްކަތް އެކުންފުނިން ފުރިހަމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ