މާލޭގައި މިރޭ އަންހެނަކަށް އަނިޔަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށެވެ.
އަނިޔާކުރިކަމަށް ބެލެވޭ ދިވެހި ފިރިހެން މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިމައްސަލާގައި ހައްޔަރު ކުރި މީހާގެ ބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަވެގެން ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ދެ ފަރާތުގެ ބަޔާން ނަގައި، ހައްޔަރު ކުރަން ފެނިއްޖެ ނަމަ ހައްޔަރު ކުރުމެވެ.
ކޮމެންޓު ފޮނުވާ