އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފެންނަނީ ހަކުރުގަނޑެއް ފަހާ ދުވާ މަންޒަރު: ބޮންޑޭ

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފެންނަނީ ހަކުރުގަނޑެއް ފަހާ ދުވާ މަންޒަރު: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2022 02:50
0

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މިހާރު ފެންނަނީ ހަކުރު ގަނޑެއް ފެނުނީމާ އެވަށައިގެން މެހި ދުވާހެން ދުވާ މަންޒަރުކަމުގައި ރައްޔިތުންގެ މަޖިލީގުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިއަދު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ފަރާތުން ފެންނަނީ ވަރަށް ލަދުވެތި މަންޒަރެއް ކަމަށެވެ. ހަކުރު ފެނުނީމާ މެހި އުޅޭހެން، ހަކުރު ގަނޑު ވަށައިގެން ކުނަމެހި އުޅޭ އުސޫލުން މެމްބަރުން އުޅޭތަން ފެނުމަކީ ލަދުވެތި ކަމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބައެއް މެމްބަރުން ވާގޮތަކީ ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްފަހު ރަށްމަތިން ހަދާނެއް ނުހުރޭ. މެއްސަށްވަނީ. ދެން ދުވަނީ ހަކުރު ގަނޑެއް ފެނުނީމާ، ހަކުރުގަނޑު ވަށާ ދުވަނީ، ދުވެ ދުވެ، ވަރުބަލިވަނީ. އަޅުގަނޑު ހަމަ ހައިރާންވި އިހަކަށް ދުވަހުވެސް ހަމަ އެއާޕޯޓަށް ގޮސް ހަކުރު ގަނޑެއްގައި ހަމަ ވަށައިގެން ދިއީ، ކޮބައިތޯ ތިމާރެ ރަށް، ތިމާގެ އަތޮޅު.

– ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކުރިއަށް އޮތް އެންމެޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ބައެއް މެމްބަރުން އެމްޑީޕީގެ ސާފު ކެނޑިޑޭޓެއް ފެންނަން ހުއްޓާ ހަކުރު ގަނޑެއް ވަށައިގެން އެނބުރެމުންދާކަމަށެވެ. މިކަމާއި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ލަދުވެތިވާކަމަށެވެ. ބޮންޑޭ ވިދާޅުވި ހަކުރު ގަނޑެއްކަމަށް ސިފަ ކުރެއްވީ މިނިސްޓަރ ފައްޔާޒެވެ.

އަޅުގަނޑު މިދަންނަވަނީ ހަކުރު ގަނޑެއް ވަށާ ދުވަނީއޭ، މިހާރު އެއޮތީ ދެގޮތް ފެންނަން، އިމްތިޔާޒުޔ ފަހުމީ އެހެރީ ސާފު ކެނޑިޑޭޓެއް. ދެން އަނެއްކޮޅުން ހަކުރު ގަނޑެއް ފަހާ ދުވަނީ މެހިގަނޑެއް ފަހާ ދުވާހެއް. މިއެއް ނޫނޭ މިކަން ކުރަންވީ ގޮތަކީ. ކުނަމެހި ދުވާހެއް ދުވަނީ. ހަކުރު ގަނޑު ދުވާ ފަހާ މެމްބަރުން އަޅުގަނޑުމެންގެ އާންމު މެމްބަރުން ބޭނުމެއްނުވޭ.

– ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، ރާއްޖޭގެ ހިންގުމުގެ ނިޒާމު ރަނގަޅު ވެގެންދާނީ ފެޑެރަލް ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ވެގެންކަމަށެވެ. ރާއްޖޭގެ ކޯޓުތަކުގެ މައްސަލަ ހައްލުވާން އޮތީވެސް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި، އަދި ހުރިހާ ސަރަހައްދެއްގައި ހައި ކޯޓުގެ ޑެސްކު ގާއިމްކޮށް، އިންތިޒާމީ ސިފައެއްގައި މައްސަލަތައް ހިނގާނީ ބަލުމާނީ ނިޒާމެއްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.