ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަށް އޭނާ ތައުރީފު ކުރިކުރު ދިފާޢުކޮށް، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކޮށްފިއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާންގެ ކުރިމަތީގައި ޔޫކުރެއިންގެ ރައީސް ޒެކެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރަށް ނިސްބަތްކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ، "އެއީ ހިތްވަރު ގަދަ މީހެއް" ކަމަށެވެ.
"އެއީ ހިތްވަރުގަދަ މީހެއް، އޭނާ އެދަނީ ހިފަހައްޓަވާލެތޯ ބަލަމުން،" އެނުއަލް ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސްގައި، ޔޫކުރެއިންގެ ރައީސަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އަދި ޓްރަމްޕްވަނީ، ޕުޓުން އަކީ "ސްމާރޓް" (ހިކުމަތްތެރި) މީހެއްކަމަށް ވިދާޅުވެ އޭނާ ޕުޓިންއަށް ތައުރީފު ކުރެއްވި ކުރެއްވުން ދިފާޢުވެސް ކުރައްވާފައެވެ.
"މައްސަލައަކީ ޕުޓިން ސްމާރޓް ވުމެއް ނޫން، އެއީ ހަމަ ހަގީގަތްވެސްމެ،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ. "މައްސަލައަކީ އަހަރެމެންގެ ލީޑަރޝަޕަކީ ކަނޑުކޮސް ލީޑަރޝިޕަކަށް ވުން.. އަދި މިހާތަނަށް މި ލީޑަރޝިޕުންވަނީ، ޔޫކުރެއިން އަށާއި މުޅި އިންސާނިއްޔަތަށް އުދުވާނީ ހަމަލާދީފަ ބޯދަލައިގަންނަ ން ޕުޓިންއަށް ފުރުސަތު ދީފަ." ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
"ޕުޓިން އެދަނީ އޭނާ ޖަހާ ހުރިހާ ބެރަކަށް ބައިޑްން ލައްވާ ނައްޓުވަމުން، އެއީ އެހާ މަޖާ ކަމެއް ނޫން،" ޓަރަމްޕް އިތުރަށް ވިދާޅު ވެފައެވެ.
ރަޝިއާގެ ރައީސް ޕުޓިން އިރުމަތީ ޔޫކުރެއިންގެ މިނިވަންކަން ބަލައިގަނެ، އެގައުމަށް އުދުވާނީ ހަމަލާތައް ފަށައިގަތް އިރު ޓްރަމްޕްވަނީ ޕުޓިންއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ޒެލެންސްކީއަށް ޓްރަމްޕް ތައުރީފު ކޮށްފައި މިވަނީ، ރޭޑިއޯ އިންޓަވިއުއެއްގައި، ޕުޓިންއަކީ ވަރަށް ތޫނުފިލި، އާދަޔާއި ޚިލާފަށް ވިސްނުންތެރި މީހެއްކަމަށް ވިދާޅުވެ، އޭނާ ޕުޓިންއަށް ވަރަށް ބޮޑަށް ތައުރީފް ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ