ކޯވިޑްގައި 79 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑްގައި 79 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 79 އަހަރުގެ ދިވެހި އަންހެން މީހާއަކީ ށ.އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ މިމަހުގެ 22 ވަނަ ދުވަހުގެރޭ ދަންވަރު 03:22 ގައި ކަމަށެވެ. މިއީ ރާއްޖޭގެ 295 ވަނަ ކޮވިޑް މަރެވެ.

އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި 17ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 15،356 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 20 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *