އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަން ޖެހިދާނެކަމުގެ އިޝާރާތެއް!

އިންޑިއާ އައުޓްގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަން ޖެހިދާނެކަމުގެ އިޝާރާތެއް!

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2022 02:21
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ބޮޑު ހަރަކާތެއް މާލޭގައި ވަރަށް އަވަހަށް ބާއްވަންޖެހިދާނެ ކަމުގައި އިޝާރާތެއް އިދިކޮޅު ޕްރޮގްރޮގްރެސިވް ކޯލިޝަނުން ދީފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ގއ.ވިލިނގިލީގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، އިންޑިއާ އައުތް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ހިންގޭ ސުލްހަވެރި ހަރަކާތެއްކަމަށެވެ. މިހާތަނަށްވެސް މިހަރަކާތް ހިންގާފައިވަނީ ވަރަށް ސުލްހަވެރިކަމާއިއެކުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިހަރަކާތް ހިންގާނީ ސުލްވެރިކަމާިއއެކުގައި ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މިހަރަކާތުގެ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް އަތޮޅު ތެރޭގެ ރައްޔިތުންވެސް ތައްޔާރަށް ތިބުމަށް އޭނާ ވަނީ ގޮވާލާފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާތަން ބަލަން ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެކަމަށާއި، މިހަރަކާތުން ނެރެން ބޭނުންވާ ނަތީޖާއަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުންކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ ހިންގާ ހަރަކާތް ހަމައެކަނި ރަށްތަކުގައި ހިންގައިގެން ފުއްދައިލެވެން ނެތް ކަމަށެވެ. އެހެންކަމުން މާލޭގައި އެ ހަރަކާތުގެ ބޮޑު އެއްވުމެއް ބޭއްވުމަށް އެ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މާލެއަށް އައުމަށް އިދިކޮޅުން ގޮވައިލުމުން ހުރިހާ ބޭފުޅުންވެސް މާލެއަށް ވަޑައިގަތުމަށް އޭނާ އެދިވަޑައިގަތެވެ.

އަޅުގަނޑުމެން މިހެން ރަށްރަށުގައި ތިބެގެން މިކަން ނިމެން ނެތް. އަޅުގަނޑުމެން މާލެ އަރަން އެބަޖެހޭ. ވެރިރަށުގައި ވަރަށް ގިނަ ނޭނގާނީ ކަންކަން ދަނީ ހިންގަމުން،.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ މި ސަރުކާރުން ވައްކަންކުރުން ނޫން އިތުރު ކަމެއް ނުކުރާ ކަމަށެވެ. އެގޮތުން އޭނާ ނިސްބަތްވެވަޑައިގަންނަވާ ހއ.އަތޮޅުގައި ފަންސާސް މިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ހަވާލުކުރުމުން އެ މަޝްރޫޢު ނުހިންގި ނޫމަޑިއަށް މި ސަރުކާރުން 800 މިލިއަން ޑޮލަރު ދިން ކަމަށެވެ. ބަދަލުގެ ގޮތުގައި އެ އަދަދަށް ފައިސާ ދިން ދިނުމަކީ ވައްކަމެއްކަމަށް ސިފަކުރައްވަމުން ޝުޖާ ވިދާޅުވީ އެފަދަ ކަންކަން ކުރަމުންދަނީ އިންޑިއާގައި އޮތް މުސްލިމުންނަށް ނަފުރަތުކުރާ ބީޖޭޕީގެ ސަރުކާރުގެ މަދަދުވެރިކަމާއި އެހީތެރިކަން ލިބިގެން ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މިހާތަނަށްވެސް ސަރުކާރުން އެކި ގޮތްގޮތަށް މަސައްކަތް ކުރިނަމަވެސް މިހަރަކާތް ހުއްޓަންޖެހޭނެ އެއްވެސް ހުއްޖަތެއް ދެއްކިފައި ނުވާކަމަށެވެ. މިހަރަކާތާއި ގުޅުވައިގެން އަބަދުވެސް ރައްދު ދެއްވަނީ އެމަނިކުފާނަށް ކަމަށާއި، އިންޑިއާ ސިފައިން މިޤައުމުގައި ތިބެގެން ދިވެހިންގެ މިނިވަންކަމަށް އޮތް ނުރައްކަލާއި ގުޅޭ އެއްވެސް ވާހަތަކެއް ސަރުކާރަށް ހާމަކުރަން ނުކުރެވޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
މާލޭގައި އިންޑިއާ އައުޓް ހަރަކާތް ބޭއްވުން މާލަސްވެއްޖެ އަވަސްކުރޭ ވަރަށްސާފް