ރަޝިއާގެ އުދުވާން ކުށްވެރިކޮށް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުނު ގަރާރަށް، އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިން

ރަޝިއާގެ އުދުވާން ކުށްވެރިކޮށް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުނު ގަރާރަށް، އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިން

Author
ހުސެއިން
26 ފެބްރުއަރީ 2022 08:24
0

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކޮށް ޔޫއެންގެ ސެކިއިރިޓީ ކައުންސިލަށް ހުށަހެޅި ގަރާރަށް އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިނެވެ.

މި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދިނުމަށްފަހު އިންޑިއާއިން ބުނެފައިވަނީ، ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ މަޝްވަރާ ކަމަށާއި، އެހެންނަމަވެސް ޑިޕްލޮމަސީގެ ފުރުސަތު ލިބިމެ، އެފުރުސަތުގެ ބޭނުން ކޮށްގެން މައްސަލައަށް ހައްލު ގެނެވިފައި ނުވާތީ އެގައުމުން ހިތާމަ ކުރާ ކަމުގައެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓު ރަޝިއާއިން ވީޓޯ ކޮށްފައިވާއިރު، ޔޫއެން ސެކިއުރިޓީ ކައުންސިލްގެ 11 ގައުމަކުން މި ގަރާރަށް ވޯޓު ދީފައި ވެއެވެ. 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ގަރާރު ފާސްވުމަށް ބޭނުންވަނީ ސެކިއުރިޓީ ކައުންސިލްގެ 9 ގައުމުގެ ވޯޓެވެ.

އެމެރިކާއިން ޑްރާފްޓް ކޮށްގެން ޔޫއެންއަށް ހުށަހެޅި މި ގަރާރަށް އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވަނީ ޗައިނާ އާއި ޔުއޭއީގެ އިތުރުން އިންޑިއާއިންނެވެ.

ޔޫއެންގެ ސެކިއުރީޓީ ކައުންސިލުން މިގަރާރު ފާސްނުވުމުން ދެން ގަރާރު ހުށަހެޅިގެންދާނީ ޔޫއެންގެ އާންމު މަޖިލީހަށެވެ. އެހެންނަމަވެސް ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ގަރާރުތަކަކީ އެއަަށް އަމަލުކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކަކަށް ވިނަމަވެސް، އާންމު މަޖިލިހުގައި ގައުމުތަކުން ވޯޓު ދީގެން ފާސްކުރާ ގަރާރުތަކަކީ އެގަރާރުތަކަށް އަމަލްކުރުން މެމްބަރު ގައުމުތަކުގެ މައްޗަށް ލާޒިމް ގަރާރުތަކެއް ނޫނެވެ. ޔޫއެންގެ އާންމު މަޖިލިހަކީ ދުނިޔޭގެ 193 ގައުމުގެ މައްޗަށް އެކުލެވިގެންވާ އެ ޖަމިއްޔާގެ އެންމެ ބޮޑު ގުނަވަނެވެ.

"މި ޔޫއެންގެ ޒިންމާދާރުކަން ކުޑަ، ދާއިމީ މެމްބަރަކު ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، ޔޫއެންއާއި ބައިނަލްއަގުވާމީ އުސޫލުތައް މުގުރާލުމަށްފަހު އަވައްޓެރި ގައުމަކަށް ދެމުންދާ އުދުވާން އަހަރެމެން ކުށްވެރިކުރަން، އަދި އަހަރެމެން އެންމެން މިތިބީ ޔޫކުރެއިންގެ ފަހަތުގައި،" ރަޝިއާއިން މިގަރާރު ވީޓޯ ކުރުމާއި ގުޅިގެން، ޔޫއެންގައި ވާހަކަ ދައްކަވަމުން، އެމެރިކާއިން ޔޫއެންއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީން ފީލްޑް ވިދާޅުވެފައި ވެއެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވީޓޯ ކުރުމުގެ ބާރު އޮންނަނީ، ރަޝިއާގެ އިތުރުން، ޗައިނާ، އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިވިލާތަށެވެ.

ރަޝިއާއިން ދަނީ، ޔޫކުރެއިންއަށް އަރާ، އެގައުމުގެ ވެރިރަށް ހިފުމަށް ޔޫކުރެއިންގެ އަސްކަރިއްޔާއި ވަރުގަދަޔަށް ހަގުރާމަ ކުރަމުންނެވެ.

އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް 4 ދުވަސް ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ހިގައިދާނެއެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫކުރެއިންގެ ވެރިރަށް ވަށާލުމަށް ކަމަށާއި، އެހެންނަމަވެސް ކުރިން ހީ ކޮށްފައިވާ ވަރަށްވުރެ ޔޫކުރެއިންގެ ސިފައިންގެ ފަރާތުން ދީފައިވާ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، ރަޝިއާގެ ސިފައިންނާއި، ރަޝިއާގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު، ޔޫކުރެއިންގެ ސިފައިންގެ އަދަދުގެ މަދުކަމާއި، އަދި ލިބިފައިވާ ހަތިޔާރުގެ ގާބިލްކަމުގެ ކުޑަކަމާއެކު، މިހާރު ދެމުންދާ ރައްދު ހަމަލާތައް އެ މިންވަރުގައި ޔޫކުރެއިންގެ އަސްކަރިއްޔާއަށް ހިފަހައްޓާލެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ޖެނެރަލް އެސެމްބްލީގަ ރާއްޖެއަށް ވޯޓުދެވޭނީ އިންޑިއާ އަންގާ ގޮތަކަށް. އެއީ ދިވެހި ރާއްޖޭގެ މިނިވަންކަން މިއަދު އޮތް ހިސާބަކީ.
H Halaaku
Aee asluyahoodeen anehkaa raaje onnaanee.indiyaa Aaehkolah.duniye fanaakuriyas