މިއީ ތޮށި ފަޅާލާފައި އެމްޑީޕީގެ އަންހެން ކަނބަލުން ނިކުންނަންވީ ވަގުތު ކަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގައި "ހިންގާލަން" ނަމުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒާއި، އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރޮޒޭނާ އާދަމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، އެމްޑީޕީގެ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްކަން މާޒީގައި ސާބިތުކޮށް ދީފައިވާކަމަށެވެ.
ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އަންހެން ކަނބަލުން ކުރި މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ކަރުނަގޭހާއި، ޕެޕާ ސްޕްރޭގެ ކުރިމަތީގައި ސާބިތުކަން ދެއްކި ކަނބަލުންނަކީ އޭމްޑީޕީގެ ކަނބަލުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ އަންހެނުންނަށް ފުރުސަތު ފަހިކޮށްދެއްވައި، އަންހެނުންނަށް އެފުރުސަތު ތަނަވަސް ކޮށްދެއްވި ރައީސްކަމަށެވެ.
ވެރިކަމާއި ހަވާލުވުމަށްފަހު ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެންނަވައި، ރަށްރަށުގައި ބަސްކިޔުމުގެ ބާރު ކައުންސިލްތަކުން ކަނބަލުންނަށް ލިބިދޭގޮތް ތަނަވަސް ކޮށްދެއްވީ ރައީސް ޞާލިހުކަމަށެވެ. އަދިއެއާއިއެކު އެމްޑީޕީ ތެރެއިންވެސް އަންހެނުންނަށް ގިނަ ފުރުސަތު ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް މިހާތަނަށް ފެނިފައިވަނީ އެމްޑީޕީގެ ކަނބަލުންނަށް ހައްގުވާ މިންވަރު ނުލިބިވާތަންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އަންހެނުންގެ ރޫހުގެ ގޮފިތަކަކީ، އެމްޑީޕީ ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ގޮފިތަކަށްވާއިރު، ކޮންމެ ސަބަބަކާއި ހެދިނަމަވެސް މިހާތަނަށް ކަނބަލުންގެ އަޑު މަޑުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެފުރުސަތު ޕާޓީތެރެއިން ހޯއްދަވައި ދެއްވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިއީ ތޮށި ފަޅާލާފައި ނިކުމެ އެމްޑީޕީ ހިންގާލަންވީ ވަގުތުކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ގޮތުން މަސައްކަތް ކުރަން ނިކުންނަން ބޭނުންވާ ކޮންމެ އަންހެނަކަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި އެފުރުސަތު އިތުރަށް ތަނަވަސް ކުރުމަށް އެމްޑީޕީ ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރޮޒޭނާ ވަނީ ދެއްވާފައެވެ.
2 Responses
އަމިއްލަ އެދުންބޮޑަސް ތީބިރުވެރިވާހަކައެތް ކަބަލުން ތޮށިގަޑު ފަޅާލާފަނިކުތުން ތިމާމިދެއްކެނީ ކޮންކަހަލަވާހަކައެތްކަނއެގޭބަ
ރޮޒޭގެމެމިޕާޑީހަލާކުކުރަނީ ބާރުނުދީދަރިންނޭ