ވަގުންގެ 90 އިންސައްތަ ތިބޭނީ އެމްޑީޕީގައި: ޔާމީން

ވަގުންގެ 90 އިންސައްތަ ތިބޭނީ އެމްޑީޕީގައި: ޔާމީން

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2022 06:08
0

ވަގުންގެ 90 އިންސައްތަ ތިބޭނީ ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގައިކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ގއ.ވިލިނގިލީގައި ބޭއްވި "އިންޑިއާ އައުޓް" ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވަގުންގެ ވާހަކަ ދައްކައްނަ މިސަރުކާރުން ލަދު ގަންނަން ޖެހޭކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައްޔިތުންގެ އައުލަބިއްޔަތު ޕީޕީއެމްއަށް ލިބި ވެރިކަމާއި ހަވާލުވުމަށްފަހު ފުރަތަމަވެސް ކުރާނެ ކަމަކީ، މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ޚިޔާނާތް ބެލުންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިޚިޔާނާތްތަކަކީ ބެލޭނެ ހިޔާނާތްތަކެއް ކަމަށެވެ. މިކަންކަމުގެ ހިސާބު ބެލި، ފިޔަވަޅު އަޅާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާގޮތަށް ޤައުމުގެ މިނިވަންކަން ގެއްލުވާލެވޭ ގޮތަށް ހެދިފައިވާ އެއްބަސްުވުންތައް ރައްޔިތުންނަށް ހާމަކޮށް، މިގޯސްތައް ހަދާފައިވާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

މިއަދު ވެރިކަމުގައި ތިބުމަކީ ހިތަށް އެރިގޮތަކަށް ކަންކަން ކުރަން ލިބޭ ޖާގައެއް ނޫންކަން ފާހަގަކޮށް، ރައީސް ޔާމީން ވަނީ ގޯސްތައް ހަދާ މީހުންނަކީ ކޮބައިކަން ދިވެހި ރައްޔިޔުންނަށް ވަރަށް ސާފުކޮށް އެގޭކަމަށެވެ. މިއަދު ސިފައިންގެ އިސް މަޤާމުތަކުގައިތިބި ކޮމާންޑަރުންނާއި، އިސް އޮފިސަރުން ވިސްނަންވީ ކަމަކީ ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ދިވެހި އަސްކަރިއްޔާ ދޫކޮށްލަން ނުޖެހޭ ކަން ކަމުގައެވެ. ދިވެހިންގެ ހިތްތަކުގައި މިނިވަންކަމާއިމެދު އުފެދޭ ސުވާލުތަކަށް ސަރުކާރަށް ޖަވާބުނުދެވޭކަމީ މިކަމާއިމެދު ރައްޔިތުން އިތުރަށް ސުވާލު އުފައްދާނެ ކަންތައްތަކެއްކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގެ ބޭފުޅުންނާއި ދިމާލަށް އެމްޑީޕިން ވަގަށް ގޮވާއިރު، މިސަރުކާރުގައި ޚާއްސަކޮށް އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޤާމުތަކުގައި ތިބި ބޭފުޅުންގެ ތެރޭގައި ގިނައީ މިފަދަ ތުހުމަތު ކުރެވޭ މީހުންކަމަށެވެ. އަދި މިހާރުވެސް އިންސާފުން ޕީޕީއެމްއާއި، އެމްޑީޕީ ތެރެ ރަނގަޅަށް ބަލައިފިނަމަ ކޮންމެ ވަގުންގެ ސައްތައަކުން 90 ތިބޭނީ ވެރިކަން ކުރާ އެމްޑީޕީގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
މޑޕ ގަ
ޢ ޢިއްބެ
މުލުވަގަކީކާކު
އ އަދުރޭ
މުލިވަގު ހުރީ ކޮންޕާޓީއެއްގާ