އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވައިގެން އިންޑިއާ ސިފައިންގެ ބަޔަކު ގެންދިޔަ ދަގަނޑު ފޮށިތަކާއިއކު އައީ ކޮންބައެއްކަން ހާމަކޮށް، ފޮށީގައި ހުރިއެއްޗެއް އެެމްއެންޑީއެފުން ހާމަނުކުރިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަކުން އިންޑިއާ ސިފަިއންގެ ބަޔަކު އެމްއެންޑީއެފްގެ އުޅަނދަކަށް ދަގަނޑު ފޮށިތަކެއް އަރުވާ މަންޒަރުފެނެއެވެ. އެކަމާއި ގުޅިގެން އާންމުންގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓކައި އެކުވެރި ދަޢުލަތްތަކުން ވަރަށް ބޮޑެތި އެހީތައް ފޯރުކޮށްދެމުން ގެންދާކަމަށެވެ. މިގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުންކަމަށެވެ.
އަދި މިއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ފޯރުކޮށްދެމުން ދަނީ އެމް.އެން.ޑީ.އެފް އިން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެޤައުމަކުން ފޮނުވާޓެކްނީޝަނުންގެ ޓީމެއް ބޭނުންވާޓޫލްސް އާއިއެކު ދިވެހިރާއްޖެއަށް އައިސްގެން ކަމަށެވެ. އަދި އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިގޮތުން 2021 ވަނަ އަހަރުގެ ފަހުކޮޅު "ޝިޕް ހުރަވީ" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް 02 ޓެކްނީޝަނަކު ރާއްޖެ އައިސް އެކަން ފުރިހަމަކޮށް ފުރާފައިވާކަމަށެވެ.
އިންޑިއާ ސިފައިންގެބަޔަކު ފޮށިތަކެއް އެމް.އެން ޑީ.އެފް ގެ އުޅަދަކަށް އަރުވާމަންޒަރު ފެންނަ ފޮޓޯއެއް ދާދިފަހުން ސޯޝަލްމީޑިއާގައި ދައުރުވަމުން ދިޔަ ދިއުމާއި ގުޅިގެން ބުނެފައިވަނީ، އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީ ޑޮކްޔާޑުން ފޮނުވި 02 ސިވިލް ޓެކްނީޝަނުން ކަމުގައެވެ. މިމީހުން ފުރާފައިވަނީ މިމަހުގެ 19 ގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިގޮތަށް އަންނަޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ގުޅިގެންކަމުގައިވެސް ވަނީ ބުނެފައެވެ. ނަމަވެސް މި ފޮށިތަކުގައި ހުރީ ކޯއްޗެއްކަން އެމްއެންޑީއެފުން ބުނެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ