އާޒިމަށް އެންމެ ފަހުން ދެފަޅިންވެސް މިލިބުނީ ދޯކާ: މަލީހު

އާޒިމަށް އެންމެ ފަހުން ދެފަޅިންވެސް މިލިބުނީ ދޯކާ: މަލީހު

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2022 08:09
0

އެމްޑީޕީގެ ކުރީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ދެފަޅިންވެސް އެންމެފަހުނ ލިބުނީ ދޯކާ ކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އާލި އާޒިމްއާއި ވާދަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ކާމިޔާބު ކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިފައިވަނީ އެންމެ 25 ވޯޓެވެ.

މިއިންތިޚާބު ނަތީޖާއާއި ގުޅޭގޮތުން މަލީހު ވިދާޅުވީ، އާޒިމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނޫނެކޭ ބުނެފައިވަނީ، ފާއިތުވެދިޔަ ދައުރުގައި، އާޒިމަށް މަޖިލީހުގައި ބޮޑެތި ގޯސްތަކެއް ހެދިފައި ވުމުންކަމަށެވެ. އަދި އާޒިމް ފަހުން މަސައްކަތް ކުރައްވަމުން ދިޔައީ އަރަން ބޭނުންވި ފަޅިއެއް ނޭގިގެން ކަމަށާއި، މީގެ ނަތީޖާއަކަށް ވެގެންދިޔައީ ޕީޖީ ގްރޫޕްގެ މެމްބަރުނަށްވެސް އާޒިމް ހުންނެވި ފަޅިއެއް ނޭގި ބޮޑުތަނުން އޭނާއަށް ނޫނެކޭ ބުނުންކަމަށް މަލީހު ވިދާޅުވިއެވެ.

ޕީޖީ ލީޑަރ އާޒިމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ތާއީދު ނެތުމުން ދައްކުވައިދެނީ ފާއިތުވި ދައުރުގައި އެމަނިކުފާނު މަޖިލިހުގައި ހަދާފައިވާ ބޮޑެތި ގޯސްތައް. އަރުއްވާނެ ފަޅި ޔަޤީންނުވެ އެންމެ ފަހުން ދެފަޅިންވެސް ދޯކާ. ރައީސް އިބޫ މުޅި ޕާޓީ ޖަހައިގަންނަ މަންޒަރު ތިލަމިވަނީ. މަލީހު ވިދާޅުވިއެވެ.

ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވަޒީރުކަމުން ވަކި ކުރުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ އަލީ އާޒިމްއެވެ. މަލީހު މަޤާމުން ވަކިކުރަން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ އޭނާ ވަރަށް ފަޅުގައި އެމްޑީޕީގެ ރައީސް ނަޝީދަށާއި، ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނަށް ފާޑުވިދާޅުވެ ވާހަކަ ދެއްކުމުންނެވެ.

ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ބަސްބުނަން ފަސްނުޖެހޭނަން: މަލީހު

މަލީހު ވިދާޅުވެފައިވަނީ ހަކުރާގޭގައި އެކޮޅުކޮޅުން އެލުވިޔަސް، ހައްގު ބަސް ބުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ. މަލީހު ވިދާޅުވީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާޢީދުނުކުރާކަމަށް ޚިޔާލުފާޅުކުރެއްވި ހިސާބުން އެކަން އެމްޑީޕީގެ ބޭފުޅުންނަށް ހަޖަމް ނުވެގެން އުޅުއްވާކަމަށެވެ. އަދި ރައްޔިތުންނަށް ވާނުވާ ނޭނގޭކަމަށް ހީކުރައްވަނީ ތޯވެސް މަލީހުވަނީ އާޒިމާ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބޭނުން ހިއްޕަވާނެ ކަމަށާއި ބިރު ނުދެއްކޭނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢިއްބެ
ފުރަތަމަ ދޯކާލިބުނޭމަލީހައް
ނ ނާޗޫރު
މަޅީހަކީ ފިތުނަ އުފައްދާ ޝައިތާނެއް ބޮޑުވެގެންވާ މުނާފިގެއް ﷲ މަލީހު ކިބައިން މިދިވެހި ގައުމު ސަލާމަތް ކުރައްވާށިއެވެ