ޑިފެންސްގެ އިންޓެލިޖެންސް ކޮމާންޑަރަކަށް ޒުހުރީ

ޑިފެންސްގެ އިންޓެލިޖެންސް ކޮމާންޑަރަކަށް ޒުހުރީ

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2022 11:13
0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސަވައިފިއެވެ.

ޒުހުރީ ވަނީ މީގެ ކުރިން ސަދަން އޭރިޔާގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ. ކާނަލްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަމަޖެއްސެވި ޒުހުރީ ވަނީ މީގެ ކުރިން ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރުކަން ވެސް ކުރައްވައިފައެވެ. ޕްރެޒިޓެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަން ކުރެއްވީ އޭގެ ފަހުންނެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް އަބްދުލް ލަތީފެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން، ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސާވިސްގެ ކޮމާންޑަރަކަށް ޒުހުރީ ވަނީ ބަދަލުކޮށްފައެވެ.

މިއި ސިފައިންގެ މުވައްސަސާގެ އެންމެ މުހިންމު އެއްމަޤާމެވެ. ޚާއްސަކޮށް ޤައުމުގެ އެތެރެއާއި، ބޭރުގެ އިންޓަރލިޖެންސް ކަންކަން ބެލެހެއްޓުމުގެ އެންމެ މަތީ ޒިންމާ އޮންނަ ފަރާތަކީ މިމަޤާމުގައި ހުންވަ ފަރާތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.