އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ސީޝެލްސްގެ މައްޗަށް ރާއްޖޭން ކުރި ހޯދައިފި

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ސީޝެލްސްގެ މައްޗަށް ރާއްޖޭން ކުރި ހޯދައިފި

Author
ޔޫސުފް
16 ފެބްރުއަރީ 2022 05:01
0

ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން ސީޝެލްސްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ރާއްޖޭން ސީޝެލްސްގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ މާލޭގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމު ރަސްމީ މެޗެއް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

މި މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މަރިޔަމް ނޫރާއެވެ. މި ލަނޑު ނޫރާ ކާމިޔާބުކުރީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މީގެ އިތުރުން ލީޑު ފުޅާކުރުމަށް އެންމެ ހުސް ފުރުޞަތެއް ދެން ލިބުނީ ފާތިމަތު ޝާލިޔާ އަށެވެ. ސީޝެލްސްގެ ޕެނަލްޓީ އެރިޔާ ތެރެއަށް ވަދެ އެޓީމުގެ ކީޕަރު މެންޑީ ބޯމަތިން ޝާލިޔާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެެވެ.

މި މެޗުގެ އިތުރުން ޤައުމީ އަންހެން ފުޓްބޯޅަ ޓީމު މާލޭގައި މިމަހު އަދި އިތުރު 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެން ކުޅޭ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީވެސް ހަމަ ސީޝެލްސް އާއި ދެކޮޅަށެވެ. އަދި ފަހު މެޗުގައި 24 ވަނަ ދުވަހު ރާއްޖެ ވާދަކުރާނީ ސައުދީ އަރަބީއްޔާ އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.