އިންޑިއާއިން ސެނެހިޔާއަށް ޞިއްޚީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ސެނެހިޔާއަށް ޞިއްޚީ ސާމާނު ހަދިޔާކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2022 10:52
0

އިންޑިއާ ސަރުކާރުން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކުއިޕްމަންޓްތަކެއް ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި މި އިކުއިޕްމަންޓްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފި ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އިންޑިއާ ސަރުކާރު ފަރާތުން މި ތަކެތި ހަވާލުކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނެނީ، ޞިއްޙީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތައްކަމަށެވެ.

އިންޑިއާ ސަރުކާރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް މެޑިކަލް އިކުއިޕްމަންޓްތަކެއް ހަދިޔާކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙުމަދު ޚަލީލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ އިސް ވަފުދުގެ ބޭފުޅުންނާއި އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.