އެމްޑީޕީ ޕްރައިމަރީ ނިމޭއިރު ރިޔާސީ އިންތިޚާބަށް އަސަރު ނުފޯރާނެ ގޮތެއް ނޯންނާނެ: ރީކޯ މޫސަ

އެމްޑީޕީ ޕްރައިމަރީ ނިމޭއިރު ރިޔާސީ އިންތިޚާބަށް އަސަރު ނުފޯރާނެ ގޮތެއް ނޯންނާނެ: ރީކޯ މޫސަ

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2022 10:32
0

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ނިމޭއިރު ރިޔާސީ އިންތިޚާބަށް އަސަރު ނުފޯރާނެ ގޮތެއް ނޯންނާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާލުވީ ކުރިއަށް އޮތް އެމްޑި÷ީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި ވާ ދަނޑިވަޅެއްގައެވެ. އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޞާލިޙްގެ ފެކްޝަނުން، މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ވެރިން ޤަބޫލުކުރަނީ ރިޔާސީ އިންތިޚާބެއްގާ ވޯޓް ލިބޭނީ %30ކަމަށްކަމަށެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯތް ލިބޭ ކެނޑިޑޭތަކަށް އިންތިޚާބު ކާމިޔާބުކުރެވޭގޮތަށް ރައީސް ނަޝީދު ޤާނޫނު އަސާސީއަށް އިޞްލާހެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ހުށައެޅުމަށް ނިންމަވާފައިވާތީއެވެ. މޫސާ މަނިކު ވިދާޅުވީ، މަލަމަތި ފެންނަގޮތުން ޗެއަރޕާސަންގެ އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ޕްރައަމަރީ އަޖުމަބެލުންކަމަށެވެ.

ޕްރައމަރީ ނިމޭއިރު ކޮންމެމީހަކު ގަދަވިޔަސް ރިޔާސީ އިންތިޚާބަށް އޭގެ އަސަރު ނުފޯރާނެ ގޮތެއް ނުއޮންނާނެ، އެއްބަޔަކު ނިންމަނީ އެމްޑީޕީއަކީ ތަރިކަ މުދާކަމަށް؟

– މޫސާ މަނިކު

އަންނަ އޭޕްރީމް މަހުގެ 16ގައި ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވަނީ މިދެބޭފުޅުންނެވެ. މިއާއެކު އެމްޑީޕީގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ތާޢީދުކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިން ފަށްޓަވާފައެވެ.

އަރޕާސަންގެ މަޤާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރައްވާ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެ މަޤާމަށް ކުރިމަތިލެއްވީ އެމްޑީޕީ އިތުރަށް ހަރުދަނާ ކުރުމަށްކަމަށާ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުންކަމަށެވެ.

މިނިސްޓަރ ފައްޔާޟަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު އޮތްކަން ހާމަކުރަމުންދާއިރު، މެމްބަރު އިންތިއަށް އެމްޑީޕީގެ ގްރާސްރޫޓުގެ ވަރަށް ގިނަ މެމްބަރުންގެ ތާއީދު އޮތްކަމަށް ދަނީ ހާމަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.