ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ދަށްކޮށްފައިވަނީ ސިޔާސީ މީހުން ދައްކާ ވާހަތަކަށް ބަލައިން ނޫންކަމަށް ވިދާޅުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އަޒިމް ދެއްކެވި ވާހަތަކަށް ޝަރީފް ރައްދު ދެއްވައިފިއެވެ.
މިއަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ފިޗުން މިއަދު ރޭޓިން ދަށްކުރުމުގެ އެންމެބޮޑު އަސްލަކީ މަޖިލީހުން ފާސްކުރި ރިޕޯޓްކަމަށެވެ. ޝަރީފްގެ ވާހަކަތަކަސް ރައްދު ދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ ފިޗުން ރޭޓް ކަނޑައަޅަނީ ޤައުމުތަކުގައި ތިއްބަވާ ސިޔާސީ މީހުން ނިންމާ ނިންމުމާއި ދައްކާ ވާހަތަކަށް ބަލައިގެން ނޫންކަމަށެވެ. ރޭޓް ކަނޑައަޅަނީ ޤައުމުތަކުގެ ހިސާބުތައް ބެލުމަށްފަހު ދޭ އަދަދެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމްގެ މިވާހަތަކަށްވެސް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. ޝަރީފް ވިދާޅުވީ ސިޔާސީ މީހުން ބުނާ ބުނުމަކާއި ދައްކާ ވާހަތަކާއި މަޖިލީހުން ފާސްކުރާ ޤަރާރުތަކާއި އުޑާއި ބިމާހާ ތަފާތުވާނެކަމަށެވެ. މިހަގީގަގަތް ޤަބޫލުނުކޮށް ދައްކަވާ ވާހަތަކަކީ އެއްވެސް ގޮތަކަށް ހަމަޖެހޭ ވާހަތަކެއް ނޫންކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ މީހަކު ބުނާ ބުނުމަކާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރަރަކާއި އުޑާއި ބިމާހާ ތަފާތުވާނެ. އެކަން ޤަބޫލުކުރަންޖެހޭނެ.
– އިބްރާހިމް ޝަރީފް
ކޮމެންޓު ފޮނުވާ