ހަނިމާދޫގައި އިންޑިއާ ސިފައިން އުޅޭ ސަރަހައްދުގައި އިންޑިއާ އައުޓް ޝިއާރުތައް ހަރުކޮށްފި

ހަނިމާދޫގައި އިންޑިއާ ސިފައިން އުޅޭ ސަރަހައްދުގައި އިންޑިއާ އައުޓް ޝިއާރުތައް ހަރުކޮށްފި

Author
މުޙައްމަދު ޖިމީ
12 ފެބްރުއަރީ 2022 07:28
0

ހަނިމާދޫގައި އިންޑިއާ ސިފައިން އުޅޭ ސަރަހައްދުގައި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ "އިންޑިއާ އައުޓް" ބެނާތައް ހަރުކޮށްފިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު، އެރަށުގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

އިންޑިއާ ސިފައިން ދިރިއުޅޭ ސަރަހައްދުގައި އިންޑިއާ އައުޓް ބެނާތައް ހަރުކޮށްފައިވާއިރު، ފާރުގައިވެސް އިންޑިއާ އައުޓް ލޯގޯ ޖަހާފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ އިންޑިއާ އައުޓް ބެނާތައް ހަރުކުރިތަން އިންޑިއާ ސިފައިންނަށް ފެނިފައިވާކަަމަށްވެއެވެ. އަދި ފުލުހުންވެސް އެތަން ބަލާފައިވާއިރު އެކަން އެއްވެސް ފަރާތަކުން ހުއްޓުވާފައެއް ނުވެއެވެ.

އިންޑިއާ އައުޓް ބެނާތައް ހަނިމާދޫގައި ދަމާ، ފާރުގައި އިންޑިއާ އައުޓް ޖަހާފައިވާއިރު، ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ފޭބުމަށް ހިންގާ ޝިޔާރުތައް ގޭގޭގެ ފާރުތަކުގައި ލިޔުމަށް ގޮވާލައްވާފައެވެ. ހަނިމާދޫގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބިކަމަށް ތުހުމަތުކުރާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިންޑިއާއިން ރާއްޖެ ގެނައިު ޑޯނިޔާ މަތިންދާބޯޓް ބާއްވާފައިއޮވެއެވެ. އަދި އެ ބޯޓް އޮޕަރޭޓްކުރަނީވެސް އިންޑިއާ ސިފައިންކަމަށް ތުހުމަތުކުރެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ރާއްޖޭގައި ދަނީ ޤައުމީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އަދި އެ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhum
ޓތިހަދަނި ރަގަލަހ
B Bulbul
ތީޔާއުއެކު އެއުޅޭ ކެނެރީގެ އަރަޤު ހިއްޕަވާ ސޮރުގެވެސް އައުޓް ޖަހާލިނަމަ އިތުރު ފުރިކަމަކަމެއްވީސް. އިންޑިޔާ މިލިޓަރީ އައުޓް