އިންޑިއާގެ މަހަރްޝްތްރާ ސްޓޭޓްއަށް ނިސްބަތްވާ އަންހެނަކު އެތައް ފިރިހެނުންނާއި ކައިވެނިކޮށް، އެ މީހުން އަތުން އަގުބޮޑެތި އެއްޗެހި ވަގަށް ނަގައިގެން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ވިޖަޔާ އަމްރޫތެ ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ކައިވެނި ކުރި ފިރިހެނަކު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުންނެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އޭނާ ޔޮގޭޝް ޝިރްސަތް ނަމަކަށް ކިޔާ މީހަކާއި ކައިވެނިކޮށް އެ މީހާގެ އަތުން އަގުބޮޑެތި އެއްޗެހި ވަގަށް ނަގައިގެން ފިލި މައްސަލަ އޭނާ ފުލުހަށް ހުށަހެޅިއެވެ. އެކަން ފުލުހުން ހުށަހެޅުމުން ފުލުހުން އޭނާ ހައްޔަރުވެސްކޮށްފައި ވެއެވެ.
ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށައިގަތްއިރު، އަމްރީތެއަކީ ކައިވެންޏެއްކޮށްގެން ދަރިއަކުވެސް ހުންނަ މީހެކެވެ. އަދި އޭނާ އެކި ފިރިހެނުންނާއި ކައިވެނިކޮށް އެ މީހުންނަށް ލަނޑުދިނުމަށް ފަހު ފިލަނީ އޭނާއާ ފިރިމީހާގެ ވަޒީފާ ގެއްލުމުންނެވެ. ފުލުހުން ބުނެފައިވާގޮތުގައި، އެ އަންހެން މީހާ ތިން މަސް ތެރޭގައި ތިން މީހަކާއި ކައިވެނި ކުރިއެވެ. އަދި އެ މީހުންގެ އަތުން އެއްޗެހި ވަގަށް ނަގައިގެން ފިލަނީ ކައިވެންޏަށް ދުވަސްޅެއްވުމުންނެވެ.
އަމްރުތެ ފުރަތަމަ ކައިވެނި ކުރީ ޝީރްސަތް އާއެވެ. އޭނާ ވަނީ ޝިރްސަތް އާއި ކައިވެނި ކުރުމަށްފަހު ދެ ހަފްތާފަހުން އޭނާގެ އަގުބޮޑު އެއްޗެހި ނަގައިގެން ފިލާފައެވެ. އޭނާ ފަހުން ސަންދީޕް ޑަރްޑޭ ނަމަކަށް ކިޔާ މީހަކާއިވެސް ކައިވެނިކޮށް ހަމައެގޮތަށް ހަދާ ފިލިއެވެ. އަދި އޭގެ ފަހުންވެސް އެހެން މީހަޚާއި ކައިވެނި ކުރިއެވެ.
ފުލުހުން ބުނީ، އޭނާ ހޯދަނީ ކައިވެނި ކުރަން ބޭނުންވެފައި ތިބި ފިރިހެނުން ކަމަށެވެ. އަދި ކައިވެނި ހަމަޖެހުމުން އެ މީހުންގެ އަތުން ކައިވެނީގެ ކަންކަމަށާއި، އެހެނިހެން ކަންކަމަށް ބޮޑު އަދަދަކުން ފައިސާ ނަގައެވެ. މިކަން ފަޅާއަރާފައި ވަނީ ޝިރްސަތް އޭނާ ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. ޝިރްސަތްއަށް ވަނީ އޭނާ އެހެން މީހަކާއި ކައިވެނި ކޮށް ތަކެއްޗާއެކު ފިލާފައިވާ ކަމަށް އެނގިފައެވެ. ޝިރްސަތް އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ